ޚަބަރުސިޔާސީ

މަލީހު ޕީޕީއެމަށް ސޮއި ކުރަނީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ސައިންސް އެންޑް ޓެކޮނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ޕީޕީއެމަށް ސޮއި ކުރައްވަން ނިންމަވަފާއިވާކަން ”ބޮންތި“ އަށް އެނގިއްޖެއެވެ.

އިތުބާރު ހުރި މަސްދަރަކުން އެނގިފައިވާގޮތުގައި މަލީހު އާއި އެއްކޮށް އިތުރު ބަޔަކުވެސް ޕީޕީއެެމަށް ސޮއި ކުރުމަށް އަންނަނީ ތައްޔާރު ވަމުންނެވެ. އެގޮތުން މިރޭ 09:00 ގައި ޕީޕީއެމް އޮފީހުގައި ބާއްވާ ރަސްމިއްޔާތަކީ މިކަމަށް ހާއްސަކޮށްގެން ބޭއްވޭ ރަސްމިއްޔާތެއް ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާ ގުޅިގެން މަލީހުގެ ބަހެއް ލިބޭގޮތް އަދި ނުވެއެވެ. ޕީޕީއެމް އޮފީހުގައި މިރޭ ބާއްވާ ރަސްމިއްޔާތުގައި އެޕާޓީއަށް އަލަށް ބަޔަކު ސޮއިކުރަން އުޅޭ ކަމަށް އެޕާޓީގެ އިސް ބޭފުޅެއްގެ ފަރާތުން ”ބޮންތި“ އަށް ވަނީ މައުލޫމާތު ލިބިފައެވެ. އެހެން ނަމަވެސް އެއީ ސީދާ ކޮންބައެއް ކަން އޭނާ ހާމައެއް ނުކުރައްވައެވެ.

”އާދެ. މިރޭ ވަރަށް ހާއްސަ ރަސްމިއްޔާތެއް އެބައޮތް. ޕާޓީ އާއި ބަޔަކު ގުޅޭނެ. މެންބަރޝިޕް ފޯމުތައް ހަވާލު ކުރުން އޮންނާނެ.“

ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހު މަގާމުން ދުރުކުރިފަހުން އޭނާ އަންނަނީ ރައީސް ސޯލިހަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button