ޚަބަރު

ރައީސް އިބްރާހިމް އެހުންނެވީ ދިވެހި ތާރީޚުގައިވެސް ވެރިއަކަށް ހެއްދެވޭނެ އެންމެބޮޑު ގޯސް ހައްދަވައިގެން: ވައްޑެ

ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހު އެ ހުންނެވީ ދިވެހި ތާރީޚުގައި ވެސް ވެރިއަކު ހައްދަވާފައިވާ އެންމެ ބޮޑު ގޯސް ހައްދަވައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ތަމްސީލް ކުރައްވާ ފިކުރެއްގެ ދިރުމުގެ ފަރާތުން ކަނޑު ވިއްކާލުމާއި ދެކޮޅު އިއްތިހާދުން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުން ވައްޑޭ ވިދާޅުވީ ޗާގޯސް މައްސަލާއިގައި އެތައްހާސް އަހަރުވީ ދިވެހި ފަސްގަނޑަށް ދިވެހި ރާއްޖެއަށް އުނިކަން ލިބޭގޮތަށް ނުރައްކާތެރި ނިންމުމެއް މިސަރުކާރުން ނިންމާފައިވާކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހު އެ ހުންނެވީ ދިވެހި ތާރީޚުގައި ވެސް ވެރިއަކު ހައްދަވާފައިވާ އެންމެ ބޮޑު ގޯސް ހައްދަވައިގެން ކަމަށާޢި، އެހެން ކަމުން ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހު ހުންނެވީ ދިވެހި ޤައުމަށް ޤައްދާރުވެ، ޚިޔާނާތްތެރި ވެގެން ކަމަށާއި، 98 ދުވަސް ފަހުން މިވެރިކަން ބަދަލުކުރާނެ ކަމަށް ވައްޑެ ވިދާޅުވިއެވެ.

”އެތައްހާސް އަހަރުވީ ދިވެހި ފަސްގަނޑަށް ދިވެހި ރާއްޖެއަށް އުނިކަން ލިބޭގޮތަށް ނުރައްކާތެރި ނިންމުމެއް މިސަރުކާރުން ނިންމައިފި، ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހު އެ ހުންނެވީ ދިވެހި ތާރީޚުގައި ވެސް ވެރިއަކު ހައްދަވާފައިވާ އެންމެ ބޮޑު ގޯސް ހައްދަވައިގެން، އިބްރާހިމް މުޙައްމަދު ޞޯލިހު ހުންނެވީ ދިވެހި ޤައުމަށް ޤައްދާރުވެގެން ޚިޔާނާތްތެރި ވެގެން، އިރާދަކުރެއްވިއްޔާ 98 ދުވަސް ފަހުން މިވެރިކަން އަޅުގަނޑުމެން ބަދަލުކުރާނަން“ -އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު-

ވައްޑެ ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އައީ ނޫ ކަނޑަށް ނިސްބަތްވާ ނޫ އިޤްތިޞާގެ ފައިދާ ރައްޔިތުންނަށް ހޯދައިދޭނެކަމުގެ ވައުދާއި އެކުގައި ކަމަށެވެ. އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ތަންދޮރު އެނގިވަޑައިނުގަންނަވާތީ ނޫ އިޤްތިޞާދުގެ ސިޔާސަތު ތަންފީޒު ނުކުރެއްވުނު ތާގައި، އެމަނިކުފާނު ވަނީ ރާއްޖޭގެ މަސްކަނޑުން ބޮޑު ސަރަހައްދެއް ވިއްކާލާފައި ކަމަށެވެ. އަދި ދިވެހި މަސްކަނޑު ވިއްކާލި ވިއްކާލުމަކީ ދިވެހި ރައްޔިތުން ދުވަހަކުވެސް މާފުކުރާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެއާއެކު ވައްޑެ ވިދާޅުވީ، ފޯޅަވަހި މައްސަލައިގައި ޙަޤީޤަތުގައިވެސް ދިވެހިންނަށް ލިބުނީ ކާމިޔާބީއެއްކަމަށް ވާނަމަ، އެކަމާއި ގުޅޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހާއި ހިއްސާކުރެއްވުމަށް ބަންޑާރަނައިބަށް ލިބިލެއްވި ފުރުޞަތުގެ ބޭނުން ނުހިއްޕަވަންވީ ސަބަބެއް ނެތްކަމަށެވެ. ދިވެހިރާއްޖެއަށް ކާމިޔާބީއެއް ހޯދައިގެން އެނބުރި ވަޑައިގެން ރައްޔިތުންނަށް ފިލި ބައެއް މި ސަރުކާރު ނޫނީ ނެތްކަމަށާއި، އަދި ރާއްޖެއަށް ބޮޑު ކާމިޔާބީއެއް ހޯއްދަވައިގެން ވަޑައިގެން ރައްޔިތުންނާއި ކުރިމަތިލައްވަން ކެރިވަޑައިނުގެން ފިއްލަވަން ޖެހޭ ސަބަބެއް ވެސް ނެތްކަމަށް ވައްޑެ ވިދާޅުވިއެވެ.

”ކޮވިޑާއި ގުޅިގެން ވެސް ރައީސް ޞާލިހު އަރުއްވައިގެން މުޅި ކެބިނެޓު ފަހަތުލައްވައިގެން އެ ވާހަކަ އިއުލާނެއް ނުކުރައްވާ. ބޮޑު ކާމިޔާބީއެކޭ ކިޔާފަ، ދެންމެ ބައެއް ބޭފުޅުން ވިދާޅުވިހެން މީޑިއާތަކުގެ ހެޑްލައިނުތައް ދައްލަތުގެ ރައްޔިތުންގެ ލާރިން ބައްލަވައިގަނެގެން، އަދި ކޮންމެ ގޮތަކަށް ލިޔުއްވިޔަސް، ޤަބޫލުކުރައްވާ އަޅުގަނޑުމެން ހަޔާތުގައި ނުދެކެން ބޭރުގައި މެޗަކުން މޮޅުވެގެން ކާމިޔާބުވެގެން ޓްރޮފީ ހިފައިގެން އައިސް ފިލި ބައެއް މި ނޫނީ އަކާއި. އެހާބޮޑު ކާމިޔާބީއެއް ވެއްޖެއްޔާ މަޖިލީހަށް ވަޑައިގަންނަވަން ވީ ނޫންތޯ؟ އަޅުގަނޑުމެން ހަމަ ރަތް ދޫލައިގައި މަރުހަބާ ކިޔާލާނަމޭ“ – އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު-

މީގެ އިތުރަށް ވައްޑެ ވިދާޅުވީ ކަނޑުގެ މައްސަލައާއި ރައީސް އިބްރާހިމްގެ ސަރުކާރު ބަދަލު ކުރުމުގެ މަސައްކަތުގައި މި އިއްތިހާދު ތިބޭނީ އެކުގައި ކަމަށާއި، މިވާހަކަ ރައީސް ޔާމީންއަށްވެސް ދިވެހި ކޮންމެ ރައްޔިތަކަށްވެސް ދެެއްކެންޖެހޭނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button