ޚަބަރު

ޔޯގާ ހުއްޓުވުމުގައި ފުލުހުން އިހުމާލުވި ކަމަށް ފުލުހުންގެ ބަޔާނުން ހާމަވެއްޖެ!

ޔޯގާ ހުއްޓުވުމުގައި ފުލުހުން އިހުމާލުވި ކަމަށް ފުލުހުންގެ ބަޔާނުން ހާމަވެއްޖެއެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމުގެ ގޮތުން އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ސެޝަންގެ ތެރެއަށް އާންމުންގެ ބަޔަކު ވަދެ، އެކަން ހުއްޓުވުމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނީ ދިވެހި ފުލުހުންގެ ހިދުމަތުން އެކަން ހުއްޓުވަން މަސައްކަތް ކޮށްފައިވާ މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރާނެ ކަމުގައެވެ.

”މި ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބު ބަލައި، ދިވެހި ފުލުހުންގެ ހިދުމަތުން ރެސްޕޮންޑު ކުރިގޮތުގެ އިންޓަރަނަލް ރިވިއުއެއް ކުރާނެކަމުގެ ޔަގީންކަން އަރުވަން.“ ފުލުހުންގެ ބަޔާނުގައި ވެއެވެ.

މިއަދުގެ ބައެއް މަންޒަރުތަކުން ފެންނަ ގޮތުގައި މި ހަރަކާތުގެ ބައިވެރިން ދަނޑަށް ވަތް އިރު ފުލުހުން ތިބީ ބަލަހައްޓައިގެނެވެ. އަދި އެ މީހުން ހުއްޓުވަން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

މިއަދުގެ މި އެއްވުމުގައި ބައިވެރިވި އާންމުން ވަނީ ގަލޮޅު ދަނޑަށް ވަދެ ޔޯގާ ސެޝަންގައި ބައިވެރިވި މީހުން އެތަނުން ފައްސާލާފައެވެ. އަދި ބައެއް މީހުނަށް ބިރު ދެއްކި މައްސަލ ތަހުގީގު ކުރަމުންދާ ކަމުގައި ފުލުހުން ވަނީ ބުނެފައެވެ. މި ހަރަކާރުގެ ތެރެއިން 6 ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button