ޚަބަރުސިޔާސީ

ފަނޑިޔާރު އަލީ ރަޝީދު ރައީސް ޔާމިނަށް ޖެހި ހަރާން ހުކުމް ބަލާނަން: ޝިޔާމް

އިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު 5 އަހަރު ދުވަހަށް ޖަލަށް ކުމަށް 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ފަނޑިޔާރު އަލީ ރަޝީދު ކުރެއްވި ހުކުމުގެ މައްސަލަ ބައްލަވާނެ ކަމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފަނޑިޔާރުންގެ ގާނޫނަށް ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ހުށަހެޅުއްވި އިސްލާހަށް ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ އަލީ ރަޝީދު ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަން ކުރެވުނީ ރައީސް ޔާމީންގެ މައްސަލަ ކުރިން ބައްލަވަމުން ގެންދެވި އެ ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑު ކުރުމަށްފަހުގައި ކަމުގައެވެ. ޔާމީނަށް ހުކުމް ކުރަން 5 ގަޑިއިރަށް ވެފައި ވަނިކޮށް ހައިލަމް ސަސްޕެންޑު ކުރުމަށްފަހު އެ މައްސަލައިގެ ހުކުމް އިއްވަން އަލީ ރަޝީދަށް ހަވާލު ކޮށް، އޭގެ އިނާމެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ބަދަލު ކުރި ކުރުން ބަލާނެ ކަމުގައި ޝިޔާމް ވިދާޅުވިއެވެ.

”ފަނޑިޔާރު އަލީ ރަޝީދު ކްރިމިނަލް ކޯޓުގައި ހުރެގެން ސަރުކާރުން ބޭނުންވިގޮތަށް ރައީސް ޔާމިންގެ މައްޗަށް ޖެހި ހަރާން ހުކުމް އަޅުގަނޑުމެން ބަލާނަން.“ ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޔާމިންގެ މައްސަލަ ބައްލަވަމުން ގެންދެވި އިރު، އަލީ ރަޝީދުގެ އިތުރު ސުލޫކީ މައްސަލައެއް އޮތްކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ މިއަދާ ހަމައަށް އައ އިރުވެސް އެ މައްސަލަ ބެލިފައިނުވާ ކަމުގައެވެ.

މެންބަރު ޝިޔާމް ފާހަގަކުރެއްވިގޮތުގައި ޖުޑިޝަރީއަށް ނުފޫޒު ފޯރުވައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަބަދުމެ ވެރިކަމުގައި ދެމި ނުހުރެވޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button