2018 ވަނަ އަހަރު އެމަނިކުފާނުގެ ވެރިކަން ވައްޓާލަން މަސައްކަތްކުރީ އިންޑިއާއިން ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
“މޯލްޑިވްސް ވޮއިސް” އަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަން ވައްޓާލުމަށް 1 ފެބްރުއަރީގައި ހިންގުނު ބަޤާވާތުގެ އަޑީގައި އޮތީ އިންޑިއާކަން ތާރީހު ހެކިދޭނެ ކަމަށެވެ. އަދި އެއިރުގެ އިދިކޮޅު ފަރާތްތަކުން ޝަރުއީ ނިޒާމުގެ ތެރެއަށް އަތް ބާނައި، ސަރުކާރުގެ އިސްބޭފުޅުންގެ މައްޗަށް ނުފޫޒު ފޯރުވީ އިންޑިއާއިން ދިން އެހީތެރިކަމުންކަން އެނގެން އޮތް ކަމަށް ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އިންޑިއާގެ އެހީތެރިކަމާއެކު އެމަނިކުފާނުގެ ވެރިކަން ވައްޓާލަން މަސައްކަތްކުރީ އަދުލުވެރި ވޯޓަކުން އެމަނިކުފާނު ބަލި ނުކުރެވޭނެކަން އިދިކޮޅު ފަރާތްތަކަށް ޔަގީންވާތީކަމަށެވެ.
މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ 2018 ވަނަ އަހަރުގެ އިންތިހާބު އެމަނިކުފާނަށް ގެއްލުނީވެސް އިންޑިއާގެ ނުފޫޒުން ކަމަށް ހުދު ރައީސް ނަޝީދުވެސް ވިދާޅުވިކަމަށެވެ. އަދި އެއީ އެމަނިކުފާނު ވިދާޅުވާ ވިދާލުވުމެއް އެކަނި ނޫން ކަމަށާއި، އެއީ ސާބިތު ހިފޭ އެތައް ހެކިތަކެއް ހުރި ކަމެއް ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވިގޮތުގައި އެމަނިކުފާނުގެ ވެރިކަން ވައްޓާލަން އިންޑިއާއިން ވޭނުންވީ، އެގައުމުގެ ނުފޫޒަށް ބޯނުލެނބުމުގެ ސަބަބުންނެވެ. އަދި އިންޑިއާއިން ބޭނުންވާގޮތަށް ދިވެހިރާއްޖޭގެ ކަންކަން ބައްޓަންކުރުމަށް ދެކޮޅު ހެދުމުގެ ސަބަބުން ކަމަށެވެ.