ޚަބަރުސިޔާސީ

ޕީޕީއެމަށް އަލަށް ގުޅުނު 500 މީހެއްގެ ފޯމް އިލެކްޝަނާ ހަވާލުކޮށްފި

އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށްވާ ޕީޕީއެމަށް އަލަށް ގުޅުނު 500 މީހެއްގެ ފޯމް އިލެކްޝަންސް ކޮމިޝަން (އީސީ) ހަވާލުކޮށްފިއެވެ.

ޕީޕީއެމްގެ ފަރާތުން މި ފޯމްތައް ހަވާލު ކުރީ އެ ޕާޓީގެ ރަޖިސްޓްރޭޝަންސް ޑިޕާޓްމެންޓުގެ ފަރާތުން އަހުމަދު ހަމްދާނެވެ.

މިފަހަކަށް އައިސް ޕީޕީއެމަށް އަލަށް ވަންނަ މެންބަރުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އޭގެ ތެރޭގައި ގިނައި ޒުވާނުންނެވެ. އެކަމަކު އެ ޕާޓީގެ މެންބަރުން ”ވަގަށް“ ނަގާ ކަމުގެ ތުހުމަތު އިލެކްޝަނަށް ވަނީ އަމާޒުވެފައެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމުން އެންމެ ބޮޑު ހަރަކާތެއްގެ ގޮތުގައި މިހާރު ކުރިޔަށް ގެންދަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާއި، ޖާސޫސޫންނާ ދެކޮޅަށް އަޑު އުފުލުމަށް ބާއްވާ “އިންޑިއާ އައުޓު” ކެމްޕެއިނެވެ. މިހަރަކާތަށް ރާއްޖޭގެ ގިނަ ބައެއްގެ ތާއީދު އަންނަނީ ލިބެމުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button