ޚަބަރުސިޔާސީ

ނާޒިމާ ރަސްމީ ހައިސިއްޔަތުން ވިލިމާލެ ގޮނޑިއަށް!

މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ވިލިމާލެ ދާއިރާއަށް އަލަށް އިންތިޚާބުވި މެންބަރު ފާތިމަތު ނާޒިމާ އިޤުރާރުގައި ސޮއިކޮށްފިއެވެ.

އިޤުރާރުގައި ސޮއިކޮށްފައިވަނީ މިއަދު މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރުގައި ކުރިއަށްގެންދިޔަ ޚާއްސަ ރަސްމިއްޔާތެއްގައިއެވެ.

މާލެ ސިޓީ އ.ތ.މ ކޮމެޓީގެ އައު މެންބަރު ފާތިމަތު ނާޒިމާ އިޤުރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.

މި ދާއިރާއަށް ފާތިމަތް ނާޒިމާ އިންތިޚާބުކޮށްފައި މިވަނީ މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގައި އެދާއިރާ ތަމްސީލުކުރެއްވި އައިމިނަތު އީމާން ނިޔާވުމާއި ގުޅިގެންނެވެ.

މާލެ ސިޓީ އ.ތ.މ ކޮމެޓީގެ އައު މެންބަރު ފާތިމަތު ނާޒިމާ އިޤުރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.

ފާތިމަތް ނާޒިމާ ވިލިމާލެ ދާއިރާގެ އ.ތ.މ ކޮމެޓީގެ މެންބަރުކަމަށް ހޮވިފައިވަނީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button