ޚަބަރުސިޔާސީ

މާލޭ ރައްޔިތުންނަށް ހައްގުވަނީ އަކަފޫޓަކަށް 5 ރުފިޔާއެއް ނޫން: ނަރީޝް

މާލޭ ރައްޔިތުންނަށް ހައްގުވަނީ އަކަފޫޓަކަށް 5 ރުފިޔާއެއް ނޫން ކަމުގައި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

މާލޭ ޓީ ޖެޓީ އެމްޕީއެލް އަށް ކުއްޔަށް ދޫކުރުމުގައި ސިޓީ ކައުންސިލުން ހުށެހެޅި އަގު ބޮޑުކަމަށް އެ ކުންފުނިން ބުނުމާ ގުޅިގެން ނަރީޝް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޕީއެލް އިން ހުށައެޅީ އަކަފޫޓަކަށް 5 ރުފިޔާ ކަމުގައެވެ. އަދި ކައުންސިލުން ގަބޫލުކުރާގޮތުގައި މާލޭ ރައްޔިތުންނަށް ހައްގުވާ މިންވަރަކީ އެއީ ނޫންކަމުގައި އޭނާ ވިދާޅުވިއެވެ.

”ސަބަބަކީ އެމްޕީއެލް އަކީ ވިޔަފާރި ކުންފުންޏަކަށް ވެފައި ކޮމާޝަލް ރޭޓްގެ ގޮތުގައި އަކަފޫޓަކަށް ނެގޭނެ މިންވަރު ފިނޭންސް މިނިސްޓްރީ އިން ކަނޑައަޅާފައިވާތީ.“ ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ފާހަގަކުރެއްވިގޮތުގައި ‏ކޮމަޝަލް ރޭޓްގެ ގޮތުގައި ސަރުކާރުން ކަނޑައަޅަފައިވާ އަގަށް ވުރެ ބޮޑުތަނުން ކުޑަކޮށް, އަކަފޫޓަކަށް ކައުންސިލުން އެމްޕީއެލް އަށް އަގު ހުށައެޅީ ޓީޖެޓީ އާއީ ނޯތް ހާބަރަށް ލިބޭ އާމްދަނީ އާއި ކުރާ ހަރަދަށް ބަލާ ފީސަބަލް އަގެއް ދިނުމުގެ ގޮތުންނެވެ.

”‏އެމްޕީއެލް އިން ބޮޑު އަގެކޭ އެބުނަނީ ރައީސް އޮފީހުން އަންގާފައިވާ ގޮތަށް އަމަލު ނުކޮށް ބަހަނާ ދެއްކުމުގެ ގޮތުން.“ ނަރީޝް ވިދާޅުވިއެވެ.

މާލޭ ރައްޔިތުންނަށް ހައްގުވާ މިންވަރު ކައުންސިލުން ކަށަވަރު ކުރާނެ ކަމަށާއި، އަގު ނުދީ ބިން ބޭނުން ކުރެވިގެން ނުވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button