ޚަބަރުސިޔާސީ

”އިންޑިއާ އައުޓު“ ހުއްޓުވަން ރައީސް ސޯލިހު ނެރުއްވި ގަރާރަށް އަމަލު ކުރާކަށް ނުޖެހޭ: ރައީސް ޔާމީން

”އިންޑިއާ އައުޓު“ ހުއްޓުވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަކީ ގާނޫނު އަސާސީ އާއި ހިލާފް ގަރާރެއް ކަމަށާއި، އެއަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (އ.ތ.މ.ކ) އަށް  ވާދަކުރައްވާ ޕީޕީއެމްގެ ކެނޑިޑޭޓު ފާތިމަތު ނާޒިމާގެ ހާއްސަ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ފުލުހުންނާއި ސިފައިން ބޭނުންކޮށްގެން އިންޑިއާ އައުޓު ހަރަކާތް ހުއްޓުވަން ސަރުކާރުން މަސައްކަތް ކުރާ ކަމުގައެވެ. ހާއްސަކޮށް ފުލުުހުންގެ އިސް ވެެރިޔަކަށް މުހައްމަދު ހަމީދު ހުންނަވައިގެން ފުލުހުންގެ މައްޗަށް ޣައިރުގާނޫނީ އަމުރު ހިންގައިގެން ޝުއޫރު ފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އަޅަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޔާމީން ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް އަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ މިިނިވަންކަން ނީލަން ކިޔުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ގާނޫނު އަރާ ހަމަކުރާނެކަމުގައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button