ޚަބަރުސިޔާސީ

އެންމެ ބޮޑެތި ވަގުން ތިބީ އެމްޑީޕީގައި ކަން ސާބިތުވެއްޖެ: ރައީސް ޔާމީން

އެންމެ ބޮޑެތި ވަގުން ތިބީ އެމްޑީޕީގައި ކަން ސާބިތުވެއްޖެ ކަމަށް އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް، ރައިސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (އ.ތ.މ.ކ) އަށް  ވާދަކުރައްވާ ޕީޕީއެމްގެ ކެނޑިޑޭޓު ފާތިމަތު ނާޒިމާގެ ހާއްސަ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ޔާމީން ފާހަގަކުރެއްވިގޮތުގައި އެމްޑީޕީއަށް އެހެން ބަޔަކާ ދިމާލަށް ވަގަށް ނުގޮވޭ ވަރަށް ދައުލަތާއި ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެ، ގާތް އެކުވެރިންނަށް ފައިސާ ބަހައިފިއެވެ.

މޮޅެތި ވާހަކަ އެމްޑީޕީ އާއި އެ ޕާޓީއާއި މިހާރު ގުޅިފައިވާ ޕާޓީތަކުން ދެއްކިޔަސް ރައްޔިތުންގެ ފައިސާއަށް ތާރީހުގައި އެންމެ ބޮޑެތި ހިޔާނާތްވީ އަދުގެ ކޯލިޝަން ސަރުކާރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލަން ނުކުރެނީ، އެ ހިޔާނާތުގައި އެމްޑީީޕީގެ ބޮޑުން ބައިވެރިވެފައިވާތީ ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button