ޚަބަރުސިޔާސީ

މާލޭ ސިޓީ ކައުންސިލްގެ މިދަައުރުގެ 7 މަސް ދުވަހުގެ ތަފާސްހިސާބު އާންމުކޮށްފި!

މާލޭ ސިޓީ ކައުންސިލްގެ މިދައުރުގެ ފުރަތަމަ 7 މަސް ދުވަހުގެ ތަފާސްހިސާބުތައް އާންމުކޮށްފިއެވެ.

މޭލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވާގޮތުން މިދައުރުގައި އުމްރާނީގޮތުންނާއި އިޖުތިމާއީގޮތުން ގިނަ މަސައްކަތްތަކެއް ކުރުމަށް ކައުންސިލުން ވަނީ މަގުފަހިކޮށްދީފައެވެ.

އުމްރާނީ މަސައްކަތްތައް ބަލާއިރު ޖުމްލަ 4,471 މަސައްކަތް ކުރެވިފައިވެއެވެ. މީގެ ތެރޭގައި އުމްރާނީ މަސައްކަތްތަކަށް ދޫކުރި ހުއްދައާއި، އިޖުތިމާއީ މަސައްކަތަށް ދޫކުރި ހުއްދައާއި، ސާުފުކުރި ކާނުތަކާއި، އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހިމެނެއެވެ. އެއްމެދު އިމާރާތުގެ ފްލެޓް ރަޖިސްޓްރީ އާއި ގޯތީގެ ނަން ފާސްކުރުމާއި، އިމާރާތް ބޭނުންކުރުމުގެ ހުއްދަވެސް މީގެ ތެރޭގައި ހިނެއެވެ.

ކަނޑު ފަޅާއި ކޮންސްޓަރަކްޝަންގެ ދާއިރާއަށް ބަލާއިރު، 24،364 ގެ ތަފާސްހިސާބު ފެންނަން އެބައޮތެވެ. އެއީ ރޯމަސްމާރުކޭޓުގައި ކަނޑުމާހާ ކަންނެލި ވިއްކުނު އަދަދާއި، ކޮންސްޓްރަކްޝަން ސައިޓުގެ ސޭފްޓީ ބެލުނު އަދަދާއި، އެފަދަ މައްސަލަތައް ހައްލު ކުރެވުނު އަދަދު ހިމެނެއެވެ.

އިޖުތިމާއީ އެހެނިހެން މަސައްކަތްތަކަށް ބަލާއިރު، 15,831 ގެ ތާފާސް ހިސާބެއް މޭޔަރު ވަނީ ހިއްސާ ކުރައްވާފައެވެ. މީގެ ތެރޭގައި މަދިރި ކޮންޓްރޯލް ކުރުމަށް ބެލި ތަންތަނާއި، ފޮގް ކުރެވުނު ބްލޮކްގެ އަދަދާއި، މަރާމާތު ކުރެވުނު މަގުތަކާއި، ރޭމްޕު ހެދުނު ވަރުވެސް ހިމެނެއެވެ.

ސިޓީ ކައުންސިލްގެ މިދައުރުގެ މިހާތަނަށް ކުރެވުނު މަސައްކަތްތަކާ ގުޅޭގޮތުން މޭޔަރު މުއިއްޒު ވަނީ ކައުންސިލްްގެ ހުރިހާ މުވައްޒަފުންނާއި ވެރިންނަށް ޝުކުރު ދަންނަވާފައެވެ.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button