ޗާގޮސްގެ މިލްކުވެރިކަމުގެ މައްސަލާގައި ސަރުކާރުން މޮރިޝަސްއަށް ތާއީދުކުރިޔަސް ސަރަހައްދީ އިން ކަނޑައެޅުމުގެ މައްސަލާގައި ދޫ ދިނުމެއް ނެތް ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއުވާާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗާގޮސްގެ މައްޗަށް ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު އޮތްކަމަށް އެއްވެސް އިރެއްގައި ދިވެހިރާއްޖެއިން ދައުވާއެއް ނުކުރާ ކަމަށާއި މިމައްސަލައިގެ އިތުރު ތަފްސީލް މާދަމާ އޮންނަ އަޑުއެހުންތައް ނިމުމުން ބަންޑާރަ ނައިބުގެ އޮފީހުން ހާމަކުރައްވާނެކަމުގައެވެ. އަދި މިއުވާާން ވިދާޅުވެފައިވަނީ ރާއްޖޭގެ ދެކުނުން، ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ބައެއް ޗާގޮސްގެ ސަރަހައްދަށް ވަންނަކަމަށް މޮރިޝަސްއިން ބުނާ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދި ލޯ އޮފް ދަ ސީ (އައިޓީއެލްއޯއެސް) ގައި ދިވެހިރާއްޖެއިން ނަގާފައިވާ ސްޓޭންޑްއަށް ބަދަލެއް ނާާންނަ ކަމުގައެވެ.
މިއުވާން ވިދާޅުވިގޮތުގައި ޗާގޮސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖީ) އިން ނިންމާފައިވާ ނިންމުމަށް އ.ދ ގައި ރާއްޖެއިން ތާއީދުކުރަން ނިންމި މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދި ލޯ އޮފް ދަ ސީ (އައިޓީއެލްއޯއެސް) ގައި ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެކެވެ.
ޗާގޯސްގެ މައްޗަށް ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު އޮތްކަމަށް އެއްވެސް އިރެއްގައި ދިވެހިރާއްޖެއިން ދައުވާއެއް ނުކުރޭ. މިމައްސަލައިގެ އިތުރު ތަފްސީލް، މައްސަލައިގެ އަޑުއެހުންތައް މާދަމާ ނިމުމުން ބަންޑާރަ ނައިބުގެ އޮފީހުން ހާމަކުރައްވާނެ.
— Miuvaan Mohamed (@MvSpokesperson) October 23, 2022
ޗާގޮސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނާނެކަމަށް އައި.ސީ.ޖޭ ގެ އެޑްވައިޒަރީ އޮޕީނިއަން ނެރުމުން އެކަމަށް އ.ދ ގެ ގިނަ ގައުމުތަކުން މިހާރު ވަނީ ތާއީދުކޮށްފައިކަމުގައިވެސް މިއުވާން ވިދާވެފައިވެއެވެ.