ޚަބަރު

ރައްޔިތުންގެ ބައްދަލުވުމުގެ މިއަހަރުގެ ދެވަނަ ބައްދަލުވުން ބާއްވަނީ

މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކުރެއްވި ޓުވީޓެއްގަ މާލެ ސިޓީ ރައްޔިތުނާ ބައްދަލުކުރުމަށް ބާއްވާ މިއަހަރުގެ ދެވަނަ ބައްދަލުވުން އިއުލާން ކުރައްވައިފިއެވެ.

މުޢިއްޒު ވިދާޅުވީ ސިޓީ ކައުންސިލްއިން ބާއްވާ ރައްޔިތުންގެ ބައްދަލުވުމުގެ މިއަހަރުގެ ދެވަނަ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށާއި، ވޭތުވެދިޔަ ހަމަހުގެ ސިޓީ ކައުންސިލުގެ މަސައްކަތްތަކުގެ ތަފުޞީލު ރައްޔިތުންނާ ހިއްސާކުރައްވާނެ ކަމުގައެވެ. އަދި ކުރިއަށް އޮތް ތަނުގައި ސިޓީ ކައުންސިލުގެ ފަރާތުން ކުރުމަށް ރާވާފައިވާ މުހިންމު ކަންކަމުގެ މަޢުލޫމާތު ވެސް ދެވިގެން ދާނެކަމުގައެވެ. މީގެ އިތުރުން ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހުށަހެޅުމުގެ ފުރުސަތު މިބައްދަލުވުމުގައި އޮނާނެ ކަން މޭޔަރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 19 ޖުލައި 2022 ވާ އަންގާރަ ދުވަހުގެ ރޭ 20:30 ގައި ލޮނުޒިޔާރަތް ޕާކުގައެވެ.

މިބައްދަލުވުމުގައި ވީހާވެސް ގިނަ ދާއިރާތަކުގެ މެންބަރުން ބައިވެރިވުމަށް ވަނީ އެދިފައެވެ. މިދާއިރާތަކުގެ ތެރޭގައި ހުޅުމާލެ، ހެންވޭރު، ގަލޮޅު، މައްޗަންގޯޅި، މާފަންނު، އަދި ވިލިމާލެ ހިމެނެއެވެ.

މުޅި މާލެ ސިޓީއަށް އަމާޒުކޮށް ބޭއްވި މިފަދަ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމަށް ވަނީ ވަރަށް ބޮޑު ތަރުޙީބެއް ރައްޔިތުންގެ ފަރާތުން ލިބިފައެވެ.

ލާމަރުކަޒީ ޤާނޫނުގައި ވާގޮތުން ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ދެފަހަރު ސިޓީ ކައުންސިލުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބާއްވަން ވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button