ގޯތީގެ މައްސަލައެއްގައި އަންހެނަކު 2 ފިރިހެނުންނަށް ކަތިވަޅިން ހަމަލާދީފި
އާއިލީ މައްސަލައެއްގައި މާލެގެ ގެއެއްގައި އަންހެނަކު ދެ ފިރިހެނަކަށް ކަތި ވަޅިން ހަމަލާދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މާފަންނު ކުނޫޒް ގޯޅީގައި ހުންނަ މ. ހެޕީލައިފް ގޭގައެވެ.
އާއިލާގެ ފަރާތުން މައުލޫމާތު ލިބިފައިވާގޮތުން މި ހާދިސާ ހިނގާފައިވަނީ ހަމަލާދޭ އަންހެން މީހާ އާއި އޭނާގެ ދައްތަ އެއް ގޯތި ބޭނުމުގައި 86 އަހަރުގެ ބައްޕަގެ ފިންގަރ ޕްރިންޓް ވަގަށް ނަގައިން ގޯތީގެ ޕަވަރ އޮފް އެޓާނީ ހައްދައިން އައިސް ގޭގަ ދިރިއުޅޭ އެންމެން ގެއިން ނެރެން އުޅުމުގެ ތެރޭގައި ކަމަށެވެ.
އާއިލާގައި އެއްބަނޑުއެއްބަފާ 8 ކުދިން ތިބޭއިރު 6 ކުދިންގެ ބަހެއް ހޯދުމަކާއި ނުލާ ގޭގެ ޕަވަރއޮފް އެޓާނީ ވަގަށް ނަގައިން އައި ކެއަރ ގައި މަސައްކަތްކުރާ މުވައްޒަފެއް ކަމަށްވާ ލަތީފާ އާއި އޭނާގެ ދައްތަ ފަރީދާ މ. ހެޕީ ލައިފް އަށް އައިސް ގޭގައިތިބި އެންމެން ގެއިން ނެރުމަށް މަސައްކަތް ކުރީ ކުލަހެދުމުގައިތިބި ފުލުހުންގެ ބަޔަކާއި އެކުގައި ކަމަށް އާއިލާއިން ”ބޮންތި“ އަށް މަޢުލޫމާތު ދީފައިވެއެވެ. އަދި މި ތަނަށް އައި ފުލުހުން ވަނީ ކުރިއަށްއޮތް އެއް ހަފްތާގެ ތެރޭގައި ގެ ހުސްކުރުމުގެ އަވަސް އަމުރަކަަށް އެދުމަށް ލަތީފާއަށް ލަފާދީފައިކަމަަށްވެސް އާއިލާއިން ބުނެފައިވެއެވެ.
އާއިލާގެ ބާކީތިބި 6 ކުދިންގެ ކަންބޮޑުވުމަކީ މިކަމާއި ގުޅިގެން ދަޢުލަތުގެ އެއްވެސް އިދާރާއަކަށް މި ކުދިން ހާޒިރުކޮށް މި 6 ކުދިންގެ ބަހެއް ހޯދުމަކާއި ނުލައި ފުލުހުން ވެސް އާއިލީ މައްސަލައެއްގެ ތެރެއަށް މިގޮތަށް ވަދެފައިވުމެވެ.
މިއަދުގެ މި ހާދިސާގައި ލަތީފާ ކަތިވަޅިން ހަމަލާ ދިނުމުގެ ސަބަބުން 2 މީހަކަށް އަނިޔާވެ އައިޖީއެމްއެޗް އަަށް ގޮސް ފަރުވާ ހޯދާފައިވާކަމަށް މައުލޫމާތު ލިބެއެވެ. އަނިޔާ ލިބުނު އެކަކުގެ ބޮލުގައި ބޮޑު ޒަޚަމެއްހުރި އިރު 3 ތަނުން ފަހަންވެސް ޖެހުނު ކަމަށާއި އިތުރަށް އަނިޔާ ލިބުނު ކުއްޖާގެ އަނގަމަތި ފަޅައިންގޮސްފައިވާކަމަށް އާއިލާގެ ފަރާތުން މައުލޫމާތު ދީފައިވެއެވެ.
މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާގޮތާއި ގުޅިގެން މި ނޫހުން ކުރި ސުވާލަށް ފުލުހުން މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއްނުވެއެވެ. އަދި ތަކުރާރުކޮށް ފުލުހުންގެ މީޑިއާއަށް ގުޅުމުންވެސް ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.
އެހެންނަމަވެސް މި ހާދިސާ އާއި ގުޅިގެން އިއްޔެގެ ހަވީރުގެ ވަގުތެއްގައި ހަމަލާދިން އަންހެންމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އާއިލާއިން މައުލޫމާތު ދީފައިވެއެވެ.
ލައިފް ތިއޮތީ ވަރަށް ހެޕީވެފަ.