ޚަބަރުސިޔާސީ

ނިމާލް އިންތިއަށް: ނުފޫޒު އޮތްކަން އިހުސާސު ކުރެވުނީތީ އުފާކުރަން

ސަރުކާރުގެ ތެރޭގައި ނުފޫޒާއި ބިރުދެއްކުން އޮތް މިންވަރު މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އިމްތިޔާޒު ފަހުމީއަށް އިހުސާސްކުރެވުނީތީ އުފާކުރައްވާކަމުގައި ކ.އަތޮޅު ކައުންސިލްގެ ރައީސް އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

ނިމާލް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ 2018 ގެ ރިޔާސީ އިންތިހާބު ވަގަށް ނަގާ، އެތައް ރައްޔިތުންއެއްގެ ހައްގު ގެއްލި، އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ހައްގު ގެއްލިގެން ދިޔަތަން ހަދާނަށް ގެންނަން ޖެހޭނެ ކަމުގައެވެ. އަދި އޮޅޮވާލުމުގެ ހަދިޔާ އިހަކަށް ދުވަހު ސްޓެލްކޯގެ މަތިފަޑިއަށް ގެނައި ބަދަލުން ފެނިގެން ދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ.

”ތިޔަބައި މީހުން ދިރި ތިބިހާ ދުވަހަކު އެ ޕެކޭޖު ގެންގުޅެން ޖެހޭނެ. ކޮމަންޑޫ ދައިރާ ގެ އިންތިހާބަށް ހަދާލިގޮތް ހަދާނަށް ގެންނަވާ. ފަސާދައާއި ކޮރަޕްޝަން، ނުފޫޒާއި ބިރު ދެއްކުން، ހުދުމުހުތާރުކަން އަދި ރެޔާއި ދުވާލު ގައުމު ލޫޓުވުމާއި، އާއިލީ ވެރިކަމުގެ ސިފަތައް ނޫން އެެހެން އެއްވެސް ކަމެއް ނަމުން ތިޔަ ޑިމޮކްރެޓިކް ކަމުން ހުދުމުހުތާރު ތިޔަ ޕާޓީގައި ނެތްކަން ރައްޔިތުންނަށް އެގިއްޖެ.“ ނިމާލް ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންކަން ގެއްލިއްޖެ ކަމަށާއި، ގައުމަށް އިންތިހާއަށް ޤައްދާރު ވެއްޖެ ކަމަށާއި، ކުރިމަގުގެ ޖީލަށް މިނިވަން ކަމުގެ ދަންމަރު ހަވާލުކުރެވޭނެ ކަމާއި ދޭތެރޭ މިއަދުގެ ޖީލަށް ޝައްކު އުފެދިއްޖެ ކަން ނިމާލްގެ ފޭސްބުކް ޕޯސްޓުގައި ވާދަކުރެއްވިއެވެ.

ނިމާލް ފާހަގަކުރެއްވިގޮތުގައި 2023 ގައި މިނިވަން އިންސާފުވެރި އިންތިޚާބެއް އެމްޑީޕީއާއި އެ ޕާޓީއާއެކުގައިވާ މަވެތި ކޯލިޝަނުން ނުބާއްވާނެކަން މިއަދު ރައްޔިތުން ގަބޫލުކޮށްފިއެވެ. އަދި ހުރިހާ ރައްޔިތުންވެސް ވަގުތު ފާއިތު ނުވަނީސް ވަތަނީ ރޫހެއްގައި އިންޑިއާ ސިފައިން ބޭރު ކުރުމަށް އެންމެން އަތުގުޅައިލަން ވެއްޖެ ކަމުގައި ނިމާލް ވިދާޅުވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button