ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރަކީ ޑިމޮނޮކްރަސީ ނުވަތަ އިންސާނުންނަށް އަވަލަވާ ވައްތަރުގެ ނުބައި ނުލަފާ ޝައިތާނުންގެ ސަރުކާރެއްގެ ގޮތުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ސިފަކުރައްވައިފިއެވެ.
ރައީސް ޔާމީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދައުލަތް ހިންގަމުންދަނީ ޚާއިނުންނާއި ވަގުންތަކެއް ކަމުގައެވެ.
Demonocracy- our warped form of governance has ushered in corrupt politics led by imposters,thieves n traitors.The bellicose puppet master pulls de strings 2 hard; de accomplices fall out one by one seeking redemption😁They are,but traitors all de same.
— Abdulla Yameen (@prz_ymn) May 15, 2022
އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި ކޯލިޝަންގެ ބައިވެރިން ކޮންޓްރޯލް ކުރަމުން އަންނަނީ ބޮޑު އެހެން ބާރަކުންނެވެ. އަދި ކޯލިޝަންގެ ބައިވެރިންގެ ގައިގައި ހިފާ ދަމާލުމުން އިހުސާންތެރިކަން ހޯދަން އެމީހުންގެ ތެރޭގައި ކޯޅިގަންނަން މަސައްކަތް ކުރިޔަސް އެއީ ތާއަބަދުގެ ޣައްދާރުން ކަމުގައި ޔާމީން ސިފަކުރެއްވިއެވެ.
ބޮޑު އެހެން ބާރުގެ ގޮތުގައި ރައީސް ޔާމީން ސިފަކުރެއްވީ އިންޑިއާކަން އެމަނިކުފާނުގެ ވާހަކަފުޅުތަކަށް ބަލައިލުމުން އެނގި ހާމަވެއެވެ.
ޔާމީންގެ ޓުވީޓުތަކުގެ މާނަފުން ކަމުގެ ސަބަބުން އެއްބަޔަކު އެމަނިކުފާނަށް އިންތިހާއަށް ތައުރީފް ކުރާއިރު، އަނެއް ބަޔަކު ދެކެނީ ސަރުކާރަށް ފަހުމުވާ މިނެއްގައި ޓުވީޓު ކުރެއްވުމަށެވެ.