ޚަބަރުސިޔާސީ

ފެނަކައިގެ ބޮޑު ހިޔާނާތާ ގުޅޭ މައްސަލަ އޭސީސީއާ ދިމާލަށް!

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެނަކައިން ހިންގި ބޮޑު ކޮރަޕްޝަންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށް އެ ކުންފުނީގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ބ.ކެންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ހަވީރު ބޭއްވެވި ޖަލްސާގައި ވާހަކަދައްކަވަމުން މުއާޒު ވިދާޅުވީ. ކުރީ ސަރުކާރުން ފެނަކަ ބޭނުންކޮށްގެން ހަމައެކަނި ދަތުުރުފަތުރަށް ނިމުނު އަހަރު އެކަނި 117 މިލިއަން ރުފިޔާ ހަރަދުކުރިކަމަށް ފެންނަން އޮތް ކަމުގައެވެ.. އަދި އެވްރެޖުކޮށް ފަސްއަހަރުގެ ތެރޭގައި500 މިލިއަނަށްވުރެ ގިނަ ރުފިޔާ ދަތުރުތަކަށް ހަރަދުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
“އެކަމަކު ފެނަކައިގަ ނެތް ދޯންޏެއް. ފެނަކައިގަ ނެތް ލޭންޑިންގ ކްރާފްޓެއް. މީ ހާލަތު. ބޮޑު އަގުގަ ދެނީ. ނާޖާއިޒުކޮށް ދެނީ މީހުންނަށް. މިގޮތަށް ގޮސް މި ކުންފުނި މިއޮތީ 4.3 ބިލިއަން ރުފިޔާގެ ދަރަނި ބޮލުގަ އެޅިފަ. އެސްޓީއޯއަށް އެކަނި 2 ބިލިއަން ރުފިޔާ ދޭންޖެހޭ. 2019 އިން ފެށިގެން އެކުންފުންޏަށްވެސް އޮތީ ފައިސާ ނުދައްކާ“ މުއާޒު ވިދާޅުވިއެވެ.
މަޑަވެލި-ހޯނޑެއްދޫގެ ސީޕީއެސް އަޅަން ރައީސް ސޯލިހުގެ ސަރުކާރުން 22 މިލިއަން ރުފިޔާ ހަރަދުކުރިކަން ފާހަގަކުރައްވައި މުއާޒު ވިދާޅުވީ އެތަނުގައި ހުރީ ހަމައެކަނި “ވަޅުގަނޑެއް“ ކަމުގައެވެ.
”އެ 22 މިލިއަން ރުފިޔާ ހަރަދުކުރީ އެކި ނަންނަމުގައި މުސާރަތައް ދިނުމަށް. ކެއިންބުއިމުގެ ކަންތައްތައް ވެސް ކޮށްފަ އޮތީ ހަމަ ހިތަށް އެރި ގޮތަކަށް“ މުއާޒު ވިދާޅުވިއެވެ.
ލަސްތަކެއް ނުވެ އޭސީސީއަށް އެ ހުރިހާ މައްސަލަތަކެއް ފޮނުވާނެކަމަށް ވިދާޅުވެ، ފެނަކަ މެދުވެރިކޮށް ނިމުނު ވެރިކަމުގައި ހިންގި ކަންކަން މުއާޒު ސިފަކުރެއްވީ ދިވެހި ރައްޔިތުންނަށް ރައީސް ސޯލިހުގެ ސަރުކާރުން ވީ ބޮޑު ހިޔާނާތެއްގެ ގޮތުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button