ޚަބަރުސިޔާސީ

ރަސްމީ ދަތުރުތަކަށް މިހާތަނަށް ބަޖެޓުން 159 މިލިއަން ރުފިޔާ ހަރަދުކޮށްފި

މި އަހަރު ސަރުކާރުގެ ރަސްމީ ދަތުރުތަކަށް ހަރަދު ކުރުމަށް ޖުމްލަ 203 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު، މި އަހަރުގެ ތެރޭގައި ސަރުކާރުގެ ރަސްމީ ދަތުރުތަކަށް މިހާތަނަށް ބަޖެޓުން 159 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.

ސަރުކާރުން އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރާއިރު، މިދިޔަ އަހަރު ފެށިގެން އެ އަހަރުގެ ސެޕްޓެމްބަރު 29 ގެ ނިޔަލަށް ސަރުކާރުން ދަތުރުތަކަށް 101.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި މިއަހަރުގެ މި މުއްދަތުގައި ސަރުކާރުން 159.4 މިލިއަން ރުފިޔާ ދަތުރުތަކަށް ހަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި މިއީ 57.8 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ސަރުކާރުގެ ގިނަ ބޭފުޅުން އެކި ކަންކަމުގައި ރާއްޖެއިން ބޭރަށް މިގޮތައް ކުރައްވާ ދަތުރުތަކުގައި ދައުލަތުގެ ބަޖެޓުން މިލިއަނުން ހަރަދު ކުރަމުން ދާއިރު، އެކުރާ ދަތުރުތަކުން ރާއްޖެއަށް އެދެވޭ ފައިދާއެއް ފެންނަ ތަނެއް ނާދެއެވެ.

ވޭތުވެ ދިޔަ އަހަރުވެސް ސަރުކާރުގެ ބޮޑުންނާއި އިސްވެރިން ވަނީ އެކި ގައުމުތަކަށް ދަތުރު ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button