ދެޝެއިޚުންގެ ބޮޑެތި ތުހުމަތު ތަކެއް ނޫސްވެރިޔަކަށް

އިންޑިއާ އެމްބަސީއާއި ދިވެހި ސަރުކާރު ގުޅިގެން 21 ޖޫން 2022 ގައި ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ޔޯގާ ޙަރަކާތަށް ހުރަސް އެޅި ކަމަށްބުނެހައްޔަރުކުރި ދެ ދީނީ ޢިލްމުވެރިން އަދަދު ނޫހުގެ އެޑިޓަރު އަދި ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ ހުސެއިން ފިޔާޒުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.
މި ޙަރަކާތާއި ދެކޮޅަށް ކުރިއަށްގެންދިޔަ އިހުތިޖާޖުގައި ބައިވެރިވެވަޑައިގެން ދެ ޢިލްމުވެރިން ކަމަށްވާ ޝައިޚް ފަޟްލޫން މުޙައްމަދާއި ޝައިޚް އާދަމް ނިޝާނު ކުރެއްވި ޓްވީޓް ތަކުގައި އެބޭފުޅުން ހައްޔަރުކުރި ވަގުތު ފިޔާޒު އަމަލުކޮށްފައިވާ ގޮތާއިމެދު ނުރުހުން ފާޅުކުރައްވާ އެކަމުގެ ތަފްސީލް ވަނީ ހިއްސާ ކުރައްވާފައެވެ.
ޝައިޚް ފަޟްލޫން ހައްޔަރުކުރުމަށް ފުލުހުން އައިވަގުތު ފުލުހުންގެ ކުރީގައި އިސްކޮށް ހުރީ ފިޔާޒު ކަމަށާއި، އޭނާހުރީ ފޯނު ޝައިޚް ފަޟްލޫނަށް އަމާޒުކޮށްގެންކަމަށާއި، ފުލުހުން ކުރިއަށްދިޔައީ ފިޔާޒު އަތުން އިޝާރާތް ކުރުމުން ކަމުގައި ޝައިޚް ފަޟްލޫންގެ ޓްވީޓްގައި ފާހަގަކުރެއްވިއެވެ.
މިއާއިއެކު ޝައިޚް ފަޟްލޫން ވަނީ އަދަދު ނޫހަކީ އިންޑިއާގެ ޕްރޮޕެގެންޑާ ފަތުރާ ނޫހެއްކަމުގައި ވިދާޅުވެފައެވެ.
22 June 2022 vana dhuvahu aharen hayyarukurumah ai vaguthu police team ge kuriyah huree @AdhadhuMV ge editor @hussainfiyaz. Eynaa huree phone aharennaa dhimaa ah dhimaakoggen, dhen eynaa ishaaraith kollumun police in kuriyah ayee.
Adhadhu noohakee India ge propaganda nooheh. https://t.co/aVNZybL5dY— Fazloon Bin Muhammad (أبو عبد الرحمن الملندوي) (@fzlunx) October 7, 2022
މި ޓްވީޓަށް ރައްދުދެއްވަމުން ޝައިޚް ނިޝާންވެސް ވަނީ އޭނާ ހައްޔަރު ކުރި ވަގުތު ފިޔާޒުގެ އަމަލުތައް ހުރި ގޮތާއިމެދު ނުރުހުން ފާޅުކުރައްވާފައެވެ.
ޝައިޚް ނިޝާންގެ ޓްވީޓްގައި ވިދާޅުވީ ހަމަ އެރޭ އޭނާ ހައްޔަރުކުރަން ފުލުހުން އައިއިރުވެސް ފުލުހުންގެ ޓީމާއިއެކު އެންމެކުރީގައި ހުރީ ފިޔާޒު ކަމަށާއި، ފިޔާޒު ސިފަކުރެވުނީ ފުލުހުންގެ ފައުޖާއިއެކު އިންޑިއާ އެމްބަސީިއިން ފޮނުވި މީހެއްގޮތުގައި ކަމަށެވެ.
މީގެ އިތުރުން ޝައިޚް ނިޝާން ވިދާޅުވީ ޔޯގާ ހަރަކާތް ބޭއްވިދުވަހުވެސް ފޭސްބުކް ލައިވް މެދުވެރިކޮށް ފިޔާޒު ކޮމެންޓްރީ ދެމުން ގެންދިޔައީ އާދަޔާޚިލާފު ޔޯގީ ރޫޙެއްގައި ކަން ފާހަގަކުރެވުނު ކަމަށެވެ.
Hama erey, alhugandu hayyaru kuran ai iruves, fuluhunge SWAT team aa ekee emme kureegai huree hama ebeyfulhaa. E faujaa eku india embassy in fonuvi meeheh gothah alhugandah ves sifa kurevunee.
— Adam Nishan Ibn Ali Adam (@adamnishanali) October 7, 2022
އަދަދު ނޫހަށް މީގެކުރިންވެސް ވަނީ ފުލުހުން ހިންގި ޓެރަރިޒަމްގެ ޚާއްސަ އޮޕަރޭޝަން އެއްގައި އެހެން ނޫސްވެރިންނަށް ހިއްސާ ނުކުރާ މައުލޫމާތު ހިއްސާކޮށް ފޮޓޯނެގުމުގެ ފުރުޞަތު ދީފައެވެ. މިކަމާއި ގުޅިގެން ގިނަ މީޑިއާތަކުން އޭރުވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ދާދި ފަހުން އިދިކޮޅު ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި 10 ހާސް ފޯމާއި ގުޅޭގޮތުން އަދަދު ނޫހުގައި ޝާއިއުކުރި ދޮގު ޚަބަރަކާއި ގުޅިގެންވެސް އެތައްބައެއްގެ ފާޑުކިޔުން އެނޫހަށް ވަނީ އަމާޒުވެފައެވެ.
މިކަމާއިގުޅިގެން ކަންބޮޑުވުން ފާޅުކުރި ގިނަމީހުން ބުނެފައިވަނީ ފިޔާޒު ފާހަގަކުރެވެނީ ރާއްޖޭގައި ހިނގާ ކޮންމެކަމަކާއިވެސް ދީނީ ޢިލްމުވެރިންނާއި ގުޅުވާލުމަށް ”ހަރުކަށިފިކުރު“މިލަފްޒު ތަކުރާރުކޮށް ބޭނުންކުރާ ނޫސްވެރިއެއްގޮތުގައި ކަމަށެވެ.
ބޮލުގާ ދަންނަކަމައް ތާކިހާއެޅިޔަސް ޔޯގާ ހަރާންކަމައް ދަންނަ ބޭކަލުންގެ އިޖުމާއުން ސާބިތު ކޮއްދީފައެއްނުވޭ އަދި ރާއްޖޭގެ ފަތުވާ މަޖުލިހުންވެސް ފާސްކޮއްފައެއް ނުވޭ
Hagee gathuga fiyaaz akee noosveriyeh noon! Sahuyooneenge agent eh kamah belevey zaathah ulhey golayeh. Muslimun munkaraaiy nahee kurumugai nukuthun vaajibu Kan misorah nuvess engeyne.
އެނޫސްވެރިޔާއަށްމިސަރުކާރާއިންޑިޔާސަރުކާރާ ދެސަރުކާރުން މުސާރަދެނީކަންނޭގެ އެނޫސްވެރިޔާގެނޫސްތަކުގާހުންނަ ރިސްތަށް ޭޭނުންކޮއްފާހުންނަވާހަކަތައްއެއްގޮތަކަށްވެސްއަމަލުކޮންގެންނުވާނެބޭނުންކުރާމީހުންވެސްއެނުބާޖާހިލުކަމުގަހިމެނޭނެއޭނަޖެހޭނީ.ވަގުތުންސަސްޕެންޑުކޮއް ޖަލައްލާން