ޚަބަރުސިޔާސީ

ގައުމިއްޔަތުގެ ރުކުންތައް ދެމެހެއްޓުމުގައި ރައީސް ޔާމީނަކީ ގޮތްދޫކުރައްވާނެ ބޭފުޅެއް ނޫން: ހިސްޓޯ

ގައުމިއްޔަތުގެ ރުކުންތައް ދެމެހެއްޓުމުގައި ރައީސް ޔާމީން އަބްދުލްގައްޔޫމް އަކީ ގޮތްދޫކުރައްވާނެ ބޭފުޅެއް ނޫންކަމަށް ކުރީގެ ސްޓޭޓް މިނިސްޓަރ އަދި ކުރީގެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ނައިބު ރައީސް ޝިފާގު މުފީދު (ހިސްޓޯ) ވިދާޅުވެއްޖެއެވެ.

ހިސްޓޯ ކުރައްވާފައިވާ ޓްވީޓެއްވައި ވިދާޅުވެފައިވަނީ ރައީސް ޔާމީން އަކީ ގައުމިއްޔަތުގެ ރުކުންތައް ނަގަހައްޓައި ދެމެހެއްޓުމުގައި ގޮތް ދޫކުރައްވާނެ ބޭފުޅެއް ނޫންކަމުގައެވެ. އަދި ދިވެހި އުންމަތް މިކަން ދަންނާނެ ކަމަށެވެ.

މީގެ އިތުރުން، މިކަމުގެ މަންފާ ދިވެހި ގައުމަށް ކުރަމުން ދާކަމާއި މިއީ ތަރުޖަމާނެއްގެ އެހީ ބޭނުންވާ ވަރަށްވުރެ ފާޅުކަން ބޮޑު ކަމެއް ކަމުގައި ވެސް ހިސްޓޯ ވަނީ ވިދާޅުވެފައެވެ.

މި ޓްވީޓަކީ ރައީސް އޮޕީހުގެ ތަރުޖަމާން މިއުވާން މުހައްމަދުގެ އާޓިކަލްއަކަށް ރައްދު ދެއްވަމުން ހިސްޓޯ ކުރައްވާފައިވާ ޓްވީޓެކެވެ. މިއުވާން އާއި ހަވާލާދީ “ވީ ނިއުސް ޑޮޓް އެމްވީ” އުން ލިޔެފައިވާ އާޓިކަލް އެއްގައިވަނީ އެހެން މީހުން ހެޔޮ ވިސްނިގެން ރަނގަޅު މަގަށް އެޅޭއިރުވެސް އިދިކޮޅު ލީޑަރ ރައީސް ޔާމީން ގޮތް ދޫ ނުކުރައްވާ ކަމުގައެވެ.

 

2 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button