
އިންޑިއާގެ ހައްދުފަހަނައެޅި ބީޖޭޕީ ސަރުކާރުން ބޭނުންވަނީ މުޑުދާރުގޮތަކަށް ދިވެހިން އަޅުވެތި ކުރަން ކަމުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑިއާ ފަސްޓް ޕޮލިސީ، އޯގާތެރިކަމާ ހިތް ހެޔޮކަމުން ގޮސް ވިދާ ބަބުޅާ އެއްޗެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރިޔަސް، އަސްލަކީ އިންޑިއާ އިން ހަމައެކަނި ބޭނުންވާ ގޮތަކީ މުޑުދާރު އަމަލެއް ހިންގައިގެން ގައުމުތައް އެމީހުންގެ އަތް ދަށު ލުން ކަމުގައެވެ.
The venerated “lndia First”is shimmering benevolence. “India ONLY” is sluttish subjugation
— Abdulla Yameen (@prz_ymn) May 6, 2022
”އެމީހުންގެ ހަމައެކަނި އެދުމަކީ އަނިޔާވެރިގޮތަކަށް ގައުމުތަކަށް އަރައި، އެ ގައުމުތައް އެމީހުންހެ އަތްދަށު ލައި، އަޅުވެތި ކުރުން.“ ރައީސް ޔާމީން ވިދާޅުވިއެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ދިވެހިން ޝުއޫރު ފާޅުކޮށްފައިވާ ބެނާތައް ދަމަމުން ދާއިރު، އަދި އެ ބެނާތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން ފުލުހުން ކަނޑަމުންދާއިރު، ރޭ ދަންވަރު 1:50 އެހާކަންހާއިރު ހެންވޭރު ސިލްވަރ ވޭވް ގޭގައި، ހަރުކޮށްފައި ހުރި ބެނާވެސް ފުލުހުން ވަނީ ކަނޑާލާފައެވެ.