ޚަބަރުސިޔާސީ

ޕާޓީތަކަށް ވަގަށް ވައްދާ މައްސަލަ މަޖްލީހުން ބެލުމަށް ފާސްކޮށްފި

ވަގަށް ސިޔާސީ ޕާޓީތަކަށް ވެއްދުމާއި، އެއް ޕާޓީއިން އަނެއް ޕާޓީއަށް ބަދަލުކުރާ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލުމަށް ފާސްކޮށްފިއެވެ.

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝަފީގު ހުށަހެޅުއްވި މި މައްސަލަ މަޖިލީހުން ބަލައިގަތީ 40 މެމްބަރުންގެ ވޯޓާ އެކު އެވެ. މިމައްސަލަ ހުށައަޅުއްވަމުން ވެލިދޫ ދާއިރާގެ މެންބަރު ވިދާޅުވީ ގާނޫނު އަސާސީއިން ސިޔާސީ ޕާޓީތަކުގައި ބައިވެރިވުމަށް ކޮންމެ ރައްޔިތަކަށްމެ ދީފައިވާ ހައްގުގެ ނާޖާއިޒް ފައިދާ ބައެއް ޕާޓީތަކުން ނަގަމުންދާ ކަމަށެވެ.

ހަމަ އެހެންމެ، އެމީހަކު ތާއީދުކުރާ ސިޔާސީ ފިކުރެއްގައި މަސައްކަތް ކުރުމުގެ ހައްގު ގެއްލި، ކޮންމެ ރައްޔިތަކަށް އެރައްޔިތަކު ގަބޫލުކުރާ ފިކުރަށް ތާއީދުކުރުމުގެ އިޙްތިޔާރު ނަގާލާފައިވާކަމަށް ޝަފީގް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖްލީހުގައި މިހާރު ދަނީ މި މައްސަލައާމެދު ބަހުސްކުރަމުންނެވެ. އެގޮތުން މި މައްސަލައާމެދު ހުރިހާ މެންބަރުންހެން އެއްބަސްވާއިރު، ގިނަ މެންބަރުން ފާހަގަކުރައްވާ ގޮތުގައި މިއީ ސީޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އިލެކްޝަންސް ކޮމިޝަނުން އެއިދާރާގެ ޒިންމާ ފުރިހައަށް އަދާނުކުރެވުމުގެ ސަބަބުން ދިމާވާ މައްސަލައެކެވެ.

މީގެ އިތުރުން މި މައްސަލައާއި ގުޅިގެން، ރައްޔިތުންގެ މެދުގައި ސިޔާސީ ޕާޓީތަކަށް އޮތް އިތުބާރު ގެއްލެމުންދާ ކަމަށާއި، މިކަމުގެ ސަބަބުން ޕާޓީތަކަށް ބޮޑެތި ގެއްލުންތައް ކުރިމަތިވަމުންދާކަމަށް މެންބަރުން ފާހަގަކުރައްވާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button