ޚަބަރުސިޔާސީ

1 ފެބްރުއަރީގެ ހުކުމް ލިޔުނީ އިންޑިއާ އިން: ރައީސް ޔާމީން

2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ލިޔުނީ އިންޑިއާ އެމްބަސީން ކަމުގައި ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕެއިންގައި އދ. މަހިބަދޫގައި މިއަދު ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އިންޑިއާ ސިފައިން ތިބުމުގެ އިތުރުން ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވެސް އިންޑިއާއިން ވަންނަމުންދާ ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރުގެ ފެބްރުއަރީ 1 ގެ ހުކުމް ލިޔުނީ އިންޑިއާ އެމްބަސީން ކަމަށް ވިދާޅުވެ، އެކަން ކުރި މީހާ އިންޑިއާ އެމްބަސީގައި މިހާރު ވެސް އެބަހުރި ކަމަށް ޔާމީން ވިދާޅުވި އެވެ.

”އެ ހުކުމް ނެރުނީ އިންޑިއާއިން. އެ ހުކުމް ނެރުނީ އިންޑިއާގެ މާލޭގައި ހުންނަ އެމްބަސީން. އަދިވެސް މިއަދު ވެސް އިންޑިއާ އެމްބަސީގައި އޭރު އެކަންކުރި އިސް މީހާ މިހާރު ވެސް އެބަހުރި. އެހެންވީމަ މި ބުނަނީ އިންޑިއާއަކީ ނޮހޮރުއްޕާނެކޭ.“ ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ އިންޑިއާއަށް ދާ ދިވެހިން އެ ގައުމަށް ނާރުވައި، ފޮނުވާލާއިރު އިންޑިއާގެ ބޮޑެތި ކުށްވެރިން ރާއްޖެ އަޔަސް، ދިވެހި ސަރުކާރަށް ކުރެވޭނެ ކަމެއް ނެތް ކަމަށް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button