ޚަބަރު

ތަރުޖަމާނު ވިދާޅުވަނީ ރައީސް ޔާމީން ޖަލަށް ލާން އިންޑިއާއިން ނާންގާ ކަމަށް

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އިންޑިއާ އިން އެންގިކަމަށް ބުނެ ނޫހެއްގައި ލިޔެފަވަނީ ދޮގު ހަބަރެއް ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން ވިދާޅުވެއްޖެއެވެ.

މިއުވާން ވިދާޅުވިގޮތުގައި އެ ހަބަރަކީ އެއްވެސް ހަގީގަތެއް ނެތް، ނުހިނގާ ކަމެއް ހިނގިކަމަށް ދައްކަން، ނޫސްވެރިކަމުގެ ހަމަތަކާއި ހިލާފަށް، ނޫސްވެރިކަމުގެ މިނިވަންކަމުގެ ނިވަލުގައި ތިބެ ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ.

”ދިވެހިރާއްޖެ އާއި ބޭރުގެ ގައުމުތަކާއި ގުޅޭ ގޮތުން މިފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރަން.“ މިއުވާން ވިދާޅުވިއެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ.ޖައިޝަންކަރު ހާރިޖީ ވަޒީރު ޝާހިދު އާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދު އާއި ބައްދަލު ކުރެއްވިއިރު، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ރައީސް ސޯލިހު ބައިވެވެރިވެވަޑައިގަރް ކަމަށާއި، އެ ބައްދަލުވުމުގައި ރައީސް ޔާމީން ޖަލަށް ލައިގެން ނޫނީ އެމްޑީޕީއަށް އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެކަން ޖައިޝަންކަރު ރައީސް ސޯލިހަށް އެންގިކަމަށް ރިޕޯޓު ކުރީ އޮންލައިން ނޫހެއް ކަމުގައިވާ ”ދިޔަރެސް“ އިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button