ޚަބަރު

އަލަމްގީރްގެ ބަޔާން ލީކުވީ ކިހިނެއްތޯ ފުލުހުން ބަލަނީ

ލިވާތުގެ ފާހިޝް ނުބައި އަމަލުން މަޝްހޫރުވެފައިވާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް ތަހުގީގަށް ދީފައިވާ ބަޔާން ލީކުވި މައްސަލަ ފުލުހުން ތަހުގީގު ކުރާނެ ކަމަށް މީޑިއާއަކަށް ދިން މައުލޫމާތެއް ގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އެމްޑީ އަލަމްގީރް ތަހުގީގަށް ދީފައިވާ ބަޔާން ކަމަށް ބެލެވޭ ލިޔުންތަކެއް ސޯޝަލް މީޑިއަށް ލީކުވީ ރޭގެ ވަގުތެއްގައެވެ.

އަލަމްގީރްގެ ބަޔާން ކަމަށް ބުނެ ދައުރުވަމުންދާ ލިޔުންތަކުގައި ވަނީ އޭނާ އެއްޖިންސުން ގުޅުން ހިންގި ބައެއް މީހުންގެ ވަނަވަރާއި އެކަން ހިނގައިދިޔަ ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީފައެވެ. ޖުމްލަ ހަ ސަފުހާގެ މައްޗަށް އެކުލެވޭ މި ތަހުގީގު ބަޔާނުގެ ހުރިހާ ސަފުހާއެއްގައި އަލަމްގީރު ސޮއިކޮށް އިނގިލީގެ ނިޝާން ވަނީ ޖަހާފައެެވެ.

އެހެން ނަމަވެސް ރަސްމީގޮތެއްގައި ފުލުހުން ޖަވާބު އަދި ނުދޭތީ މިލިޔުންތަށް ސައްހަކަން ނުވަތަނޫންކަން ކަށަވަރު ކުރެވިފައެއްނުވެއެވެ.

އަލަމްގީރް ގެ ޝަރީއަތް ވަނީ 29 އޮއްގަސްޓް 2022ގެ ހަވީރު ހަތަރެއް ޖަހާއިރު ފަށަން ތާވަލްކޮށްފައެވެ. މި އަޑުއެހުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ސިއްރު ކޮށްގެންނެވެ. ސިއްރުކޮށްގެން މި ޝަރީއަތް ހިންގަނީ ކީއްވެކަމެއް އަދި ވަނީ ސާފު ނުވެފައެވެ.

2 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button