ޚަބަރުސިޔާސީ

ކޯލިޝަނަކާއެކު ވެރިކަމަށް އައުން ލާޒިމެއް ނޫން: ރައީސް ޔާމީން

ކޯލިޝަނަކާއިއެކު ވެރިކަމަށް އައުމަކީ ކޮންމެހެން ލާޒިމްކަމެއް ނޫންކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

“ވޮއިސް.އެމްވީ” އަށް މިރޭ ދެއްވި ބަސްދީގަތުމެއްގައި ޔާމީން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައި ކަމަށެވެ. އަދި ވެރިކަމަށް އަންނާނީ ކޯލިޝަނާއެކުކަން ނުވަތަ ނޫންކަން ސާބިތުކޮށްދެވޭނެ އެއްވެސް ދިރާސާއެއް ކުރެވިފައި ނެތް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ކޯލިޝަނަކާއެކު ސަރުކާރަށް އައުމަކީ ކޮންމެހެން ލާޒިމް ކަމެއް ނޫން ކަމަށާއި، އެމްޑިޕީއިން މަޖްލީހުގެ އަގްލަބިއްޔަތު ނަގާފައިވާ ގޮތަކީވެސް އެކަމުގެ ހެއްކެއް ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ކޯލިޝަން ހެއްދެވުމާއި، ނުހެއްދެވުން އެއީ އެމަނިކުފާނުގެ އަމިއްލަ ނިންމުމެއް ނޫން ކަމަށެވެ. އަދި އެކަން ނިންމާނީ އެމަނިކުފާނުގެ ޕާޓީއިން ކަމަށާއި، ޕާޓީއިން އެގޮތަށް ނިންމައިފިނަމަ ގާސިމް އިބްރާހިމާއެކުވެސް ކޯލިޝަން ހައްދަވާނެ ކަމަށް ވިދާޅުވިއެވެ. އަދި ޕާޓީ ހިންގަނީ އެމަނިކުފާނަށް އަމިއްލައަށް ފެންނަގޮތަކަށް ނޫންކަމަށް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button