
19 ވަނަމަޖިލިސް އެކީ އިސްތިޢުފާ ދޭން ޖެހޭ ކަމުގައި ޕީއެންސީގެ ރެޖިސްޓެރާ މުހައްމަދު އަފޫ ވިދާޅުވެއްޖެއެވެ.
އަފޫ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުން އެހެންގައުމެއްގެ ދިފާޢުގައި ގާނޫނު ހަދާ ދިވެހިން ޖަލަށްލާ ހިސާބަށް ދިޔައީމާ އެއީ ވަރަށް ދެރަވަރު ކަމެއް ކަމުގައެވެ.
ދިވެހިން ހޭލަންޖެހޭ ކަމަށާއި އެހެން ނޫންނަމަ މި ގައުމުގެ ދިދަ ބަދަލުކޮށް އިންޑިއާގެ ސްޓޭޓްއަކަށް ބަދަލުކުރުމަށް ނަގާނީ ހިނދުކޮޅެއް ކަމުގައި އަފޫ ވިދާޅުވިއެވެ.
އަފޫ މިފަދައިން ވިދާޅުވެފައި މިވަނީ އިންޑިއާ އައުޓް ކިއުން ހުއްޓުވުމަށް އެމްޑީޕީން ބިލެއް ވެއްދުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.