ސަރުކާރު ހިންގާ މައި ޕާޓީކަމަށްވާ އެމްޑީޕީ ކޯލިޝަނަށް އިންތިހާބެއް ކާމިޔާބުވާނެ ގޮތަކީ ދުނިޔޭން ބޭރުން ބަޔަކު ވޯޓުދީގެންކަން މި ފަހަރު ސާފުވާނެކަމަށް ވިދާޅުވެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއިލް އެމްޑީޕީއަށް ރައްދެއް ދީފިއެވެ.
މުހައްމަދު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރަން އެމްޑީޕީގެ މުޅި ކޯލިޝަން އޮޑީގައި ހުރި މުޅަ އެންތަކާއެކު އޮތީ ކޮމަންޑޫ ދާއިރާގައި ކަމަށެވެ. ނަމަވެސް އެމްޑީޕީ ކޯލިޝަނަށް އިންތިހާބެއް ކާމިޔާބުވާނެ ހަމައެކަނި ގޮތަކީ ދުނިޔޭން ބޭރުން ބަޔަކު ވޯޓުދީގެންކަން މި ފަހަރު ސާފުކޮށްދޭނެކަމަށް މުހައްމަދު ވިދާޅުވިއެވެ.