ޚަބަރުދުނިޔެ

ޗައިނާގައި ބަޣާވާތެއް ކޮށްފާނެ ކަމުގެ ތުހުމަތު

ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ދެކޮޅަށް ބަޣާވާތެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ސޯޝަލް މީޑިއާގައި ފެތުރިފައިވީ ނަމަވެސް، ޗައިނާގައި މިހާތަނަށް ބަޣާވާތެއް ނުވަތަ ހަމަނުޖެހުމެއް ހިނގާފައިވާ ކަމުގެ ކޮންކްރީޓް ހެއްކެއް ފެންނަން ނެތް ކަމަށް ތަޖުރިބާކާރުން ބުނެފިއެވެ.

ރައީސް ޝީ ޖިންޕިންއާ ދެކޮޅަށް ސިޔާސީ ނުވަތަ އަސްކަރީ ބަޣާވާތެއް ގެނައުމުން ފެށިގެން ހުޅަނގު ޗައިނާގައި ހިންގިދާނެ އަސްކަރީ ހަރަކާތްތަކާ ހަމައަށް މީހުން ހީކުރާ ހީކުރުންތަކާ އެކު، ޗައިނާގައި ’ކަމެއް ވެއްޖެ‘ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ އެކު އިންޓަނެޓްގެ އަޑު ވަނީ ގަދަފަ އެވެ.

މިފަދަ ހީކުރުންތަކަށް އިޝާރާތްކޮށްފައިވާ ހެކިތަކުގެ ތެރޭގައި ޗައިނާގެ ބައެއް ސަރަހައްދުތަކުގައި ފަސިންޖަރުން އުފުލާ ފްލައިޓްތައް ކެންސަލްކުރި ކަމުގެ ރިޕޯޓްތަކާއި، ޗައިނާގެ ރައީސް ޝީ ދުވަސްކޮޅަކަށް އާންމުންގެ ތެރެއަށް ނުފެންނަ ކަމުގެ ރިޕޯޓްތަކާއި، އަސްކަރީ ވެހިކަލްތައް ވެރިރަށް ބެއިޖިންއާ ދިމާއަށް ދަތުރުކުރާ ކަމަށް ބުނާ ފުޓޭޖްތައް ވެސް ހިމެނެއެވެ.

ނަމަވެސް، މި ހީކުރުންތަކާ ބެހޭ ގޮތުން ރަސްމީ އެއްވެސް ކޮމެންޓެއް އަދި ވެރިރަށާއި ދިމާއަށްދާ އަސްކަރީ ހަރަކާތާ ބެހޭ ގޮތުން ކަށަވަރު ވެފައިވާ ރިޕޯޓެއް ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.

އެތައް ހާސް ފޮލޯވަރުންނާއެކު ޓްވިޓާ އެކައުންޓްތަކުން ވަނީ ޗައިނާގެ ރައީސް ޝީއާ ދެކޮޅަށް ބަޣާވާތެއް ކޮށްފައިވާ ކަމަށް ހިއްސާކޮށްފަ އެވެ.އަދި ފަހަތުގައި ހުރި މީހެއްގެ ފޮޓޯތައް ވެސް ވަނީ އާންމުވެފަ އެވެ. ނަމަވެސް މިއިން އެއްވެސް އަޕްޑޭޓަކީ ސައްހަ ނުވަތަ އިތުބާރު ކުރެވޭ އެކައުންޓްތަކުން ލިބޭ އަޕްޑޭޓެއް ނޫން ކަމަށާއި މީގެ ތެރެއިން ގިނަ އެކައުންޓްތަކަކީ ކާކުކަން ނޭނގޭ ގޮތަށް ބޭނުންކުރާ އެކައުންޓްތަކެއް ކަމަށެވެ.

ޗައިނާގެ ގިނަ ތަޖުރިބާކާރުން ވަނީ ސޯޝަލް މީޑިއާގައި، ހާއްސަކޮށް އިންޑިއާގެ ސާކަލްތަކުގައި ކޮމެންޓްރީއަށް ވުރެ ބަޣާވާތުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށް ވިދާޅުވެފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button