ޚަބަރު
3000 ލެޑް ލައިޓް ހަރުކުރުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިއްޖެ: މޭޔަރ މުއިއްޒު

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މާލެ ސިޓީ ކައުންސިލަށް ހަދިޔާ ކުރެއްވި 3000 ލެޑް ލައިޓް ހަރުކުރުމުގެ މަސައްކަތް ވަނީ ގާތްގަނޑަކަށް ނިމިފައިކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު ވިދާޅުވެފައިވަނީ ގޯތި ބަހައިގެން ހަދާފައިވާ ގޯޅިތަކާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރޑީސީ) އިން ހަދާފައިވާ މަގުތަކުގެ ބައިތަކާ ރިންގް ރޯޑް ފިޔަވާ ހުރިހާ މަގަކާއި ގޯޅި އެއްގެ ލައިޓްސްވަނީ ބަދަލު ކުރެވިފައިކަމަށެވެ.
މީގެ އިތުރުން, މަގުތަކުގައި ލައިޓްސްތައް ދުރުދުރުގައި ހުންނަ ސަރަހައްދުތަކުގައި އަދި ލައިޓްސް މަދު ލައިޓް ޕޯލްސް ތައް ޖަހާ އަލި ކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ ކަމަށްވެސް އެބޭފުޅާ ވިދާޅުވެފައިވެއެވެ.