ޚަބަރުސިޔާސީ

ރައީސަށް ރައްދު ދޭ މުވައްޒަފުންނަށް ހިތި ނަތިޖާ ފެންނާނެ: އެޗްޑީސީ އިޔާދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައްދު ދޭ މުވައްޒަފުންނަށް ހިތި ނަތިޖާ ފެންނާނެ ކަމުގެ އިންޒާރެއް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖަރެއްގެ މަގާމުގައި އުޅޭ ހަސަން އިޔާދު ބުނެފިއެވެ.

އިޔާދު މިފަދަ އިންޒާރެއް ދީފައިވަނީ އެޗްޑީސީގައި މަސައްކަތްކުރާ އަފީފް ނަމަކަށް ކިޔާ މީހަކު ސަރުކާރުގެ ވައުދުތައް ނުފުއްދޭކަން ހާމަކުރުމާ ގުޅިގެން އޭނާއަށް އަމާޒުކޮށެވެ.

ސަރުކާރަށް ސަނާ ކިޔުން ހުއްޓާލުމަށްފަހު އެމްޑީޕީއަށް ދެވަނަ ދައުރެއް ލިބޭނެ ގޮތަކާއިމެދު ވިސްނުމަށް އަފީފް އަންނަނީ ޓުވިޓާގައި ވާހަކަ ދައްކަމުންނެވެ. މިކަމާގުޅިގެން އިޔާދު އަފީފަށް ފޮނުވި ވައިބަރ މެސެޖެއްގައި ވަނީ ރައީސް ސޯލިހުގެ ޓުވީޓުތަކަށް ރައްދު ދިނުމާއި، ވައުދުތަކަށް ޖޯކު ޖެހުން ހުއްޓާލުމަށް އަމުރު ކޮށްފައެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތް ކުރަމުން، އެގޮތަށް ކަންތައް ކުރާނަމަ، ހިތި ނަތީޖާ ފެންނާނެކަމަށް އިޔާދު ބުންޏެވެ.

 

އިޔާދު އަފީފަށް ފޮނުވި މެސެޖުގެ ސްކްރީންޝޮޓެއް އެމްޑީޕީ ކޮންގްރެސް ކޮމިޓީގެ މުގައްރިރު އަދި އެ ޕާޓީގެ މަތި އުތުރު ޕްރޮވިންސުގެ ރައީސް އިބްރާހިމް ވަހީދު (އިބުރޭ) ވަނީ އެޕާޓީގެ ގައުމީ މަޖިލިސް ވަޓްސްއެޕް ގްރޫޕަށް ލާފައެވެ. އިބުރޭ އެ ސްކްރީންޝޮޓް ލުމާއެކު އިޔާދު ބުނީ އޭނާގެ ދަށުން މަސައްކަތް ކުރާ މީހަކަށް މިސަރުކާރުގެ އެއްވެސް ވެރިޔަކަށް ބަދުބަސް ބުނާ ހިސާބުން އެކަން ބަލާނެ ކަމުގައެވެ. އަދި އިންޒާރުވެސް ދޭނެ ކަމުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މެދުވެރިވެގެން މީހަކަށް ވަޒީފާއެއް ހަމަޖައްސާނަމަ، އެ މީހެއްގެ ރިމޯޓު އެ މެމްބަރެއްގެ އަތުގައި އޮންނަންވާނެ ކަމަށްވެސް އިއާދު ވަނީ އެ ގްރޫޕުގައި ބުނެފައެވެ.

”ކޮންޓްރޯލް ބަޓަނަށް ފިއްތާ ނުލެވެންޏާ ވަޒީފާ ނުދީ.“ އިއާދު ބުންޏެވެ.

އިއާދުގެ އެ ވާހަކަތަކަށް އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޝިފާއު ތާއީދުކޮށްފައިވާއިރު، ޝާކިރު ނަމަކަށް ކިޔާ މީހަކު ބުނެފައިވަނީ ހުދޫދުން ބޭރުވީމާ ރަސްމީކޮށް އެ މުވައްޒަފަކާމެދު ފިޔަވަޅު އަޅަން ޖެހޭ ކަމުގައެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button