ސްޕޭނުގެ ފުޓުބޯޅައުގެ ރަސްގެފާނުގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރާ ރެއާލް މެޑްރިޑުން ސްޕެނިޝް ސުޕަރ ކަޕް ކާމިޔާބު ކޮށްފިއެވެ.
ރެއާލުން މި ތަށި އުފުލާލާފައިވަނީ ފައިނަލުގައި އެތްލެޓިކް ކްލަބް 2-0 ގެ ނަތީޖާ އަކުން ބަލި ކުރުމަށް ފަހުގައެވެ.
މި މެޗުގައި ރެއާލުގެ ލަނޑުތަށް ކާމިޔާބުކޮށްދީފައިވަނީ ލޫކާ މޮޑްރިޗް އަދި ކަރިމް ބެންޒެމާއެވެ.
މިއީ ރެއާލުން މި ތަށި އުފުލާލި 12 ވަނަ ފަހަރެވެ.