ޚަބަރުމުނިފޫހިފިލުވުން

ކަވާސާގެ 15 ވަނަ ވާޗުއަލް ލައިވް ގިގު މިރޭ ކްލަބްހައުސްގައި

ކަވާސާގެ 15 ވަނަ ލައިވް ގިގު ކްލަބްހައުސްގައި މިރޭ ބާއްވަން ނިންމައިފިއެވެ.

“ކަވާސާ” އިން އާޓިސްޓުންނަށް އަމާޒުކޮށްގެން ކޮންމެ އާދީއްތަ ދުވަހެއްގެ ރޭގަަނޑު ފެށި ގިގު ނައިޓްގެ 15 ވަނަ ޝޯ އޮންނާނީ މިރޭ 23:00 އިން 00:30 އަށެވެ.

ކުރީގެ ޝޯތަކާ ތާފަތު ކުރުމުގެ ގޮތުން މިރޭގެ ޝޯވްވެސް ހާއްސަ ކޮށްފައިވަނީ އުމުރުން އެންމެ 19 އަހަރުގެ ޒުވާން އާޓިސްޓު ވިން ޝާވިން އަށެވެ.

މިރޭގެ ޝޯވް ސްޕޮންސަރ ކޮށްފައިވަނީ ކްރަމްބްސް ބޭކާޒް އެންޑް ޕިޒޭރިއާގެ ފަރާތުންނެވެ. ކްރަމްބަސް އަކީ ފްރީ ޑެލިވަރީ ޕިއްޒާއަށް ހާއްސަ ވިޔަފާރިއެކެވެ.

ޝޯވްގެ ލިންކު

15 ވަނަ ޝޯވް އާ ގުޅިގެން ކާވާސާގެ ސީއީއޯ މުހައްމަދު މާޖިދު (މެޒޯ މުހައްމަދު) ވިދާޅުވީ އާޓިސްޓުންނާ އެއްކޮށް ކްލަބްހައުސްގައި ކުރެވޭ މަސައްކަތަކީ ޗެލެންޖަކަށް ވިޔަސް އެ މަސައްކަތް އިތުރަށް މާކެޓްކޮށްގެން ސްޕޮންސަރުން ގިނަ ކުރުމަކީ އޭނާގެ އަމާޒު ކަމުގައެވެ.

“މިވަރުގެ ޝޯވް އަކަށް އެންމެ ބޮޑަށް ބޭނުންވަނީ ޕޮޓެންޝަލް ސްޕޮންސަރުން. ކޮންމެ ޝޯވްއެއް އެބަ އަޑު އަހާ 400 އެއްހާ މީހުން. އެހެންވީމަ އެއީ ސްޕޮންސަރުން ކުރާ ކަންކަން ކްލަބްހައުސްގައި މާކެޓް ކޮށްލެވޭނެ ރަނުގެ ފުރުސަތެއް.” މެޒޯ ވިދާޅުވިއެވެ.

ކުރިޔަށް ހުރި ޝޯވްތައް ސްޕޮންސަރ ކުރައްވަން ބޭނުންވާ ފަރާތްތަކުން ކަވާސާގެ މާކެޓިން ނަންބަރު 9767119 އާއި ގުޅައިގެން ކުރިޔަށް ގެންދެވޭނެ އެވެ.

“ކަވާސާ” ގިގު ނައިޓުގެ 16 ވަނަ ޝޯވް އޮންނާނީ މިމަހުގެ 23 ވާ އާދީއްތަ ދުވަހުގެ ރޭ 22:30 ގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button