ޚަބަރު

ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ ތެރެއިން އެންމެ ޙަރަކާތްތެރި ކައުންސިލަކީ މާލެ ސިޓީ ކައުންސިލް: ވ. ކެޔޮދޫ ކައުންސިލް

ދިވެހިރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ ތެރެއިން އެންމެ ޙަރަކާތްތެރި ކައުންސިލަކީ މާލެ ސިޓީ ކައުންސިލް ކަމަށް ވ. ކެޔޮދޫ ކައުންސިލުން ބުނެފިއެވެ.

ވ.ކެޔޮދޫ ކައުންސިލާއި މާލެ ސިޓީ ކައުންސިލާއި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން މިއަދު ކުރިއަށް ގެންދެވުނު މަޝްވަރާ ބައްދަލުވުމުގައި ކެޔޮދޫ ކައުންސިލްގެ ފަރާތުން ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް އަހުމަދު ސިރާޖް ވިދާޅުވީ ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ ތެރެއިން އެންމެ ޙަރަކާތްތެރި ކައުންސިލަކީ މާލެ ސިޓީ ކައުންސިލް ކަމަށާއި، މިފަދަ ބައްދަލުވުންތަކުގެ ބޭނުމަކީ ކައުންސިލް ހިންގުމުގައި މާލެ ސިޓީ ކައުންސިލްގެ ތަޖުރިބާ އާއި އެހީތެރިކަން ހޯދުންކަމަށެވެ.

ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ ތެރެއިން އެންމެ ޙަރަކާތްތެރި ކައުންސިލަކީ މާލެ ސިޓީ ކައުންސިލް

މިއަދުގެ ބައްދަލުވުމުގައި ކެޔޮދޫ ކައުންސިލްގެ ފަރާތުން ވަނީ އެ ރަށުގެ ލޭންޑް ސްކޭޕިންގް ހެދުމަށާއި، އަދި ކެޔޮދޫގައި ހިތްފަސޭހަ މައިޒާންތައް ހެދުމުގެ ގޮތުން ފަރުމާކުރުމުގެ މަސައްކަތުގައި މާލެ ސިޓީ ކައުންސިލްގެ ޓެކްނިކަލް ޓީމްގެ އެހީތެރިކަމަށް އެދިލައްވާފައެވެ.

މީގެ އިތުރުން ކެޔޮދޫ އަކީ ތިމާވެއްޓާއި ރަޙުމަތްތެރި ރަށެއްގެ ގޮތުގައި ބޭއްވުމަށް ކުރެވެމުންދާ މަސައްކަތްތައް މާލެ ސިޓީ ކައުންސިލާއި ހިއްސާކުރައްވަމުން ކައުންސިލް ރައީސް ވިދާޅުވީ ކެޔޮދޫގައި ސޯލާ މަގު ބައްތި ހަރުކުރުމުގެ އިތުރުން ރަސުގެ ފަރުގައި މުރަކަ އާލާކުރުމުގެ މަސައްކަތް ކުރުމަށް ރޭވިފައިވާކަމަށާއި، މިކަމުގައިވެސް މާލެ ސިޓީ ކައުންސިލްގެ ކަމާއިބެހޭ ފަންނީ މާހިރުންގެ އެހީީތެރިކަން ބޭނުންވާކަމަށެވެ.

މި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކެޔޮދޫ ކައުންސިލުން އެދިލެއްވި ފަދައިންް ދެވެންހުރި ހުރިހާ އެއްބާރުލުމެއްވެސް އުޞޫލުގެ ތެރެއިން ދެމުންގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އަޅުގަނޑުމެންގެ ފަރާތުން ފުރިހަމަ ސަޕޯޓް ދޭނަން އިރާދަކުރެއްވިއްޔާ. ސާރވޭ ކުރުމާއި އެފަދަ ކަންކަމުގައި އެ އޮންނަ އުޞޫލުގެ ތެރެއިން.

މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ކައުންސިލުން ދަނީ ރާއްޖޭގެ އެކިއެކި ކައުންސިލްތަކާއި މަޝްވަރާކޮށް ގިނަ ކައުންސިލްތަކާއި ގުޅިގެން ކައުންސިލްތަކުން އެދިލައްވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button