ޚަބަރު

ފެނަކައިގެ ޑީއެމްޑީ ޖިންސީ ފުރައްސާރަ ކުރިކަމަށް ދިން ބަޔާން ނެގުމަށް ފައްޔާޒު އާއި އަމީރު އެދުނު ކަމުގެ ތުހުމަތު

ފެނަކައިގެ ޑީއެމްޑީ އިބްރާހީމް ވަހީދު އެކުންފުނީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ދިން ބަޔާން ނެގުމަށް އިކޮނިމިކް މިނިސްޓަރު ފައްޔާޒު އާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އެދުނު މައްސަލައެއް ފެންމަތި ވެއްޖެއެވެ.

އިބްރާހީމް ވަހީދުގެ މައްސަލަ ފެނަކައިގެ ހެރެސްމެންޓް ކޮމެޓީ އިން މިހާރު ބަލަމުންދާއިރު، އެ މައްސަލައިގެ ތެރެއަށް ކުންފުނީގެ ސޭލްސް އެންޑް ބިިލިން ޑިޕާޓުމަންޓުގެ މުވައްޒަފަކު ނުފޫޒު ފޯރުވައި، ބަޔާންތައް ބަދަލު ކުރުމަށް މަސައްކަތް ކުރާކަމަށް އެ ކޮމެޓީއަށް އެހެން މުވައްޒަފަކު ދީފައިވާ ބަޔާނެއްގެ ކޮޕީއެއް ”ބޮންތި“ އަށް ވަނީ ލިބިފައެވެ.

އެ ބަޔާނުގައިވާގޮތުން އިބްރާހީމް ވަހީދު އާއި ދެކޮޅަށް ބަޔާން ދީފައިވާ މުވައްޒަފަށް ސޭލްސް އެންޑް ބިިލިން ޑިޕާޓުމަންޓުގެ މުވައްޒަފު ފޯނު ކުރިއެވެ. އަދި ޑީއެމްޑީ އިބްރާހީމް ވަހީދު ފޯނު ކޮންފަރެންސެއް ހަދަން ބޭނުންވާ ކަމަށާއި އެކަމަށް މުވައްޒަފު އިންކާރު ކުރުމުން، ބަޔާން ނަގައިދިނުމަކީ މިނިސްޓަރ އަމީރު އާއި ފައްޔާޒުގެ ވަރަށް ބޮޑު އެދުމެއް ކަމަށް ފޯނު ކޯލުގައި ނުފޫޒު ފޯރުވާ ކަމަށް ބުނާ މުވައްޒަފު ބުނެއެވެ.

”މިދެންނެވި ގޮތަށް ކަންކަން ކޮށްދީފިނަމަ، އަޅުގަނޑު ބޭނުންވާ ރާއްޖޭގެ ކޮންމެ ތަނަކުން ވަޒީފާ އާއި އެހެނިހެން ކަންކަން ފަހިވެގެންދާނެ ކަމަށް (އޭނާ) ބުނެފައިވެއެވެ.“ ބަޔާނުގައި ވެއެވެ.

އެކަމަކު އޭނާ އެކަމަށް އިންކާރުކޮށްފައިވެއެވެ. މިކަމާ ގުޅިގެން މިނިސްޓަރ ފައްޔާޒު އަދި އަމީރު އެއްޗެއް ވިދާޅެއް ނުވެއެވެ.

ފެނަކައިގެ ޑީއެމްޑީގެ މައްޗަށް މީގެ ކުރިންވެސް ވަނީ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް އަމާޒުވެފައެވެ. ނަމަވެސް އޭނާ އެކަންކަމަށް އިންކާރު ކުރައްވައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button