ޚަބަރު

ކެންސަރަށް ފަރުވާ ކުރަމުން ދަނިކޮށް މެންބަރު ހުސެއިން ނިޔާވެއްޖެ

ކެންސަރު ބައްޔަށް ފަރުވާ ކުރަމުން ދަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ކޮމަންށޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސެއިން ވަހީދު ނިޔާވެއްޖެ އެވެ.

މެންބަރު ހުސެއިން ވަހީދު ނިޔާވެފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައެވެ.

ހުސެއިން ނިޔާވުމާ ގުޅިގެން އެމްޑީޕީގެ ޕާލިމެންޓް ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެބޭފުޅާ 17 އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ކަމުގައެވެ. އަދި ހުސެއިން ނިޔާވި ހަބަރު އަޑުއެހީ ވަރަށް އަސަރާ ފުން ހިތާމަޔާއެކު ކަން އާޒިމް ފާހަގަކުރެއްވިއެވެ.

”ހުސެއިން ވަހީދައް ސުވަރުގެ މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން.“ އަލީ އާޒިމް ވިދާޅުވިއެވެ.

އަލީ އާޒިމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އެކި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުން އަންނަނީ މެންބަރު ހުސެއިންގެ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.

”ބޮންތި“ އަށް މައުލޫމާތު ލިބުނު ގޮތުގައި ހުސެއިން ނިޔާވިއިރު އަނބިކަނބަލަކާ 3 ކުދިން ދުނިޔޭގައި އެބަ ތިއްބެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button