ފެނަކަ ކޯޕަރޭޝަންގެ ޗެއާމަނަކަށް ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަގާމު ފުރުއްވެވި މ. ލާލުބާއު، އަހުމަދު ޝަހީރު އައްޔަންކޮށްފިއެވެ.
އެސްޓީއޯގެ އެމްޑީގެ މަގާމުން ޝަހީރު އިސްތިއުފާ ދެއްވާފައިވަނީ، އެ ކުންފުނީގައި 29 އަހަރުވާންދެން މަސައްކަތް ކުރެއްވުމަށްފަހު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހުގައެވެ. ޝަހީރުގެ އެމްޑީ ކަމުގައި އެސްޓީއޯ އާއި އެ ކުންފުނީގެ ސަބްސިޑަރީތަކުން ބޮޑު ފައިދާއެއް ދައުލަތަށް ވައްދާފައިވެއެވެ.
ދަރަނިވެރިވެފައިވާ ފެނަކައިގެ ޗެއާމަނަކަށް ޝަހީރު ހަމަޖެއްސިއިއު، އެކުންފުންޏަށް އޮތީ ނުކަތާ ވަރަށް މުވައްޒަފުން ނެގުމާއި، ހަރަދު ބޮޑުވުމާއި، ކޮރަޕްޝަނަށް މަގުފަހިވުމުގެ ސަބަބުން އެތައް ބިލިއަން ރުފިޔާއަކުން ދަރަނިވެރިވެފައެވެ.
ހިނގަމުން މިދާ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުމާއެކު ކުރީގެ ސަރުކާރުން ފައިސާ ނުދެވި ހުރި ސަޕްލަޔަރުންނަށް ފައިސާ ދިނުމާއި، މަރާމާތު ނުކޮށް ހުރި 53 ޖަނަރޭޓަރު ވަނީ މަރާމަަތު ކުރަން ފަށައި، ކުންފުނި ސަލާމަތްކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ފަށާފައެވެ.