ޚަބަރުމުނިފޫހިފިލުވުން

ފާލިހު އާއި ޝާދިންގެ ލައިވް ޝޯވ މިރޭ ކްލަބް ހައުސްގައި!

ކްލަބް ހައުސްގެ ކްލަބެއް ކަމަށްވާ “ކިއްލާ” އިން ރާއްޖޭގައި މުޅިން އަލަށް އާޓިސްޓުންނަށް އަމާޒުކޮށްގެން ފެށި ގިގު ނައިޓްގެ 5 ވަނަ ޝޯ މިރޭ ބޭއްވުމަށް ނިންމައިފިއެވެ.

މި ޝޯ ކުރިޔަށް ދާނީ މިރޭ 22:30 އިން 00:00 އާ ހަމައަށެވެ.

ކުރީގެ ޝޯތަކެކޭ އެއްފަދައިން މިރޭގެ ޝޯގައިވެސް 2 ފަންނާނަކު ބައިވެރިވާނެއެވެ. ފުރަަތަމަ ފަންނަނާނަކީ މޯލްޑިވިއަން އައިޑޮލްއިން މަޝްހޫރުކަން ހޯދާފައިވާ އަދި ކޮމާޝަލް އާޓިސްޓުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އާޓިސްޓެއް ކަމަށްވާ ފާލިހް އާދަމް އެވެ. ދެވަނަ ފަންނާނެއްގެ ގޮތުގައި ބައިވެރިވާނީ ޒުވާން އަޑުގެ ވެރިޔާ އަހުމަދު ޝާދިން އެވެ.

ކޮންމެ ލައިވް ޝޯވ އަކީވެސް ސްޕޮންސަރ ކޮށްގެން ކުރިޔަށް ގެންދާ ޝޯތަކެކެވެ. މިރޭގެ ޝޯވ ސޮޕޮންސަރ ކޮށްފައިވަނީ މޯލްޑިވިއަން އައިޑޮލްގެ ޖަޖު އަހުމަދު އިބްރާހީމް (އަންމަޑޭ) ގެ އިތުރުން ކިއްލާ އަށް ހެޔޮ އެދޭ ފަރާތަކުންނެވެ. މިރޭގެ ޝޯވް ކުރިޔަށް ދާ ވަގުތު އާޓިސްޓުންގެ ހުށަހެޅުންތައް އަގުވަޒަން ކުރުމުގެ ގޮތުން ޓިޕްސް ފޮނުވާނެ އެކައުންޓު ނަންބަރެއް ސްޓޭޖު މަތީގައި ބެހެއްޓިފައި ހުންނާނެއެވެ.

ކިއްލާއިން ބުނިގޮތުގައި ކުރިޔަށް ހުރި ޝޯވތައް ސްޕޮންސަރ ކުރުމަށް ހުރިހާ ފަރާތްތަކުގެ އެހީތެރިކަން ބޭނުންވެއެވެ. އެގޮތުން ކޮންމެ ޝޯވ އަކަށްވެސް ދެފަރާތަކުން ސްޕޮންސަރ ކުރުމުގެ ފުރުސަތު އެ ކްލަބުން ވަނީ ހުޅުވާލާފައެވެ.

ކިއްލާގެ އޮފިޝަލް ގިގް ނައިޓުގެ ހުރިހާ ކަމެއް މެނޭޖު ކުރައްވަނީ މަޝްހޫރު މިއުޒިޝަނެއް ކަމަށްވާ މުހައްމަދު މާޖިދު ނުވަތަ މެޒޯ މުހައްމަދު އެވެ. އެ ކްލަބްގެ ފަރާތުން އަންނަނީ ގެސްޓްހައުސް ތަކަށް އަމާޒުކޮށްގެންވެސް ޝޯވ އެއް އިންތިޒާމް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެކަމުގެ ތަފްސީލް ވަރަށް އަވަހަށް ”ބޮންތި“ އާއި ހިއްސާ ކުރާނެ ކަމަށް ކިއްލާ އިން ވަނީ ބުނެފައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button