ޚަބަރު

ފްލައިން ސްކޫލް ހިންގުމަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހަދުމުގެ އެއްބަސް ވުމުގައި ސޮއި ކޮއްފި

އައްޑޫގައި ފްލައިން ސްކޫލު ހިންގަން ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފެއްދުމަށް އައިލެންޑް އޭވިއޭޝަނާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއެންޔޫގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ މުހައްމަދު ޝަރީފެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު އެވެ.

މިހާދު ވިދާޅުވީ ފުރަތަމަ ބުރުގައި ކިޔެވުން ފަށާނީ 30 ދަރިވަރުންނާ އެކު ކަމަށްވީ ނަމަވެސް 80 ދަރިވަރުންނާ އެކު ފުރަތަމަ އަހަރުގެ ކިޔެވުން ނިންމާލުމަކީ އަމާޒެއް ކަމުގައެވެ. އަދި އޭޝިއަން އެކަޑެމީ އޮފް އެއިރޮނޯޓިކްސް (އޭއޭއޭ) ގައި ކިޔެވުން މެދުކެނޑުނު ދަރިވަރުންނަށް އިސްކަންދޭނެ ކަމުގައި މިހާދު ވިދާޅުވިއެވެ.

ގައުމީ ޔުނިވާސިޓީ އާއި އައިލެންޑް އޭވިއޭޝަންގެ ޖޮއިންޓް ވެންޗާ ކުންފުނިން އަައްޑޫގެ ގަމުގައި ފްލައިން ސްކޫލް ހިންގުމަށް ހަވާލުކުރަނީ ޗެކް-ރިޕަބްލިކްގެ މަޝްހޫރު ފްލައިން އެކެޑެމީއާ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button