ޚަބަރު

މުޝްތާގުގެ ވާހަކައިން އެނގުނީ ސަރުކާރުން ފްލައިން ސްކޫލަށް ވެފައިވާ އިހުމާލު ބޮޑުކަން!

އައްޑޫގައި ހިންގާ ފްލައިންގް ސްކޫލަށް އިތުރު ހަތަރު ފްލައިޓު ގެންނަން ނިންމައިފިއެވެ.

ފްލައިން ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލައިގެންދާ މައްސަލަ ބޮޑުވެފައި ވަނިކޮށް އެވިޑް ކޮލެޖުން އެ ސްކޫލް ގަނެ، ހިންގުމާއި ހަވާލުވުމަށްފަހު އެ ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރަން ބޭނުންވާ އިތުރު ހަތަރު ފްލައިޓެއް ރާއްޖެ ގެނެއުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

”ޕީއެސްއެމް“ އިން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެވިޑުގެ ޗެއާމަން އަބްދުﷲ މުޝްތާގް ރަޝާދު ވިދާޅުވީ ފްލައިން ސްކޫލްގައި މިހާރު ހުރި އެއްވެސް އެއާކްރާފްޓެއް ބޭނުން ނުކުރެވޭ ކަމަށެވެ. އަދި އެ ހުރިހާ އުޅަނދެއްވެސް މަރާމާތު ކުރަން ޖެހޭ ކަމަށާއި، އެކަމަށް ބޭނުންވާ ސްޕެއާ ޕާޓްސްތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިހާރު ބައެއް ސްޕެއާ ޕާޓްސް ލިބިފައިވާކަން ވެސް އޭނާ ފާހާގަ ކުރެއްވިއެވެ.

މުޝްތާގް ވިދާޅުވީ މިހާރު ހުރި އުޅަނދުތަކުގެ އިތުރުން ހަތަރު ފްލައިޓެއް ރާއްޖެ ގެނައުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެ ފްލައިޓްތައް އަންނަ ސެޕްޓެމްބަރު މަހުގައި ރާއްޖެއަށް ގެނެވޭނެ ކަމަށާއި، އޮކްޓޯބަރު ހިސާބުގައި އޮޕަރޭޓް ކުރެވޭވަރު ވާނެ ކަމުގައި ވިދާޅުވިއެވެ.

”އަޅުގަނޑުގެ އަމާޒަކީ އެ ދަރިވަރުންނަށް މިކަން ވީ އަވަހަަކަށް ކޮށް ނިންމައި ދިނުން. އަދި އެކުދިން ކުރިއަށް ދިއުމަށް ފުރުސަތު ފަހިކޮށްދިނުން. ހުރިހާ އެންމެން މިވާހަކަތައް ދެއްކީ ސޯޝަލް މީޑިޔާގައި. އަމަލީ މައިދާނަށް ނިކުންނަން ނުކުރެނު އެކަކަށްވެސް. އަޅުގަނޑު ބޭނުންވީ ހާލުގައި ޖެހިފައިވާ އެކުދިން ވެއްޓިފައިވާ އަޑިގަނޑުން ނަގާ މި ދާއިރާގައި ދިވެހިން ބާރުވެރިކުރުވަން“ މުޝްތާގް ވިދާޅުވިއެވެ.

ފްލައިންގް ސްކޫލުގެ ދަރިވަރުންގެ ކިޔެވުން ލަސްވުމާއި ގުޅިގެން ދަރިވަރުން އަންނަނީ އެކަމުގެ ހިތް ހަމަ ނުޖެހުން ސޯޝަލް މީޑިއާގައި ފާހަގަ ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button