ޚަބަރު
”އެލްޖީބީޓީ“ އާދެކޮޅަށް ސަރުކާރުން މަސައްކަތް ނުކުރާތީ ޝެއިޚް ނިޝާންގެ ކަންބޮޑުވުން
ރާއްޖޭގައި އެލްޖީބީޓީގެ ނުރައްކާތެރި ވަބާ ފެތުރެމުންދާ ކަމަށާއި، އެކަން ހުއްޓުވުމަށް ސަރުކާރުން ރަސްމީ ސިފައެއްގައި އެއްވެސް މަސައްކަތެއް ކުރަމުން ނުދާތީ ދީނީ ޢިލްމުވެރިޔާ ޝެއިޚް އާދަމް ނިޝާންދީނީ ޢިލްމުވެރިޔާ ޝެއިޚް އާދަމް ނިޝާން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ”އެލްޖީބީޓީ“ ގެ ވަބާއަށް ސަމާލުވުމަށް ސްކޫލްތަކުގެ ޓީޗަރުންނާއި ބެލެނިވެރިންނަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ގޮވާލެއްވި ޚަބަރު ހިއްސާ ކުރައްވަމުން ޝެއިޚް ނިޝާން ވިދާޅުވީ މާލޭގެ ބޮޑެތި ބައެއް ސްކޫލުތަކުގައި، މިހަޑިމުޑިދާރު ފާޙިޝް ޢަމަލުތައް ފެތުރެމުންދާއިރު، އެފަދަ ބައެއް ކުދިންނާއި ބައްދަލުކޮށް ނަޞޭޙަތްތެރިވާން ފުރުޞަތު ލިބިފައިވާތީ މިކަމުގެ ކަންބޮޑުވުން ސީދާ އެޑިއުކޭޝަން މިނިސްޓަރަށް ވެސް ޙިއްސާކޮށްފައިވާނެ ކަމަށެވެ. އެހެންނަމަވެސް އެ މުޑުދާރު ޢަމަލުގެ ނުބައިކަމާއި، އެކަމުގެ ސަބަބުން ބާވައިލެއްވުނު ކޯފާގެ ވާހަކަތައް ކުދިންނަށް ކިޔަދީ މިކަން ހުއްޓުވުމަށް ރަސްމީ ސިފައެއްގައި އެއްވެސް މަސައްކަތެއް ސަރުކާރުން ކުރަމުންނުދާ ކަމަށް ޝެއިޚް ވިދާޅުވިއެވެ.
”ހިތާމައަކީ މިފަދަ އެތައްކަމެއް ހިނގަމުންދާއިރުވެސް، އެފާޙިޝް ހަޑިމުޑުދާރު ޢަމަލުގެ ނުބައިކަމާއި، އޭގެ ސަބަބުން ލޫޠު عليه السلامގެ ޤައުމުގެ މީހުންނަށް ބާއްވާލެއްވުނު ބޮޑުވެގެންވާ ކޯފާގެ ވާހަކަތައް ކިޔައިދީ، ކިޔަވާ ކުދިންނާއި މުޖުތަމަޢު މިހަޑިމުޑުދާރު ނުބައިވެގެންވާ ފާޙިޝް ޢަމަލާއި ދުރުކުރުވަން ރަސްމީ ސިފައެއްގައި އެއްވެސް މަސައްކަތްތަކެއް ކުރަމުން ނުދާކަމެވެ.“ ޝެއިޚް ނިޝާން ވިދާޅުވިއެވެ.
މާލޭގެ ބޮޑެތި ބައެއް ސްކޫލުތަކުގައި، މިހަޑިމުޑިދާރު ފާޙިޝް ޢަމަލުތައް ފެތުރެމުންދާތީ، (އަޅުގަނޑަށްވެސް އެފަދަ ބައެއް ކުދިންނާއި ބައްދަލުކޮށް ނަޞޭޙަތްތެރިވާން ފުރުޞަތު ލިބިފައިވާތީ) މިކަމުގެ ކަންބޮޑުވުން ސީދާ އެޑިއުކޭޝަން މިނިސްޓަރަށް ވެސް ވާނީ ބައްދަލުވުމެއްގައި ޙިއްސާކޮށްފައެވެ. pic.twitter.com/VMfHfsKIWZ
— Adam Nishan Ibn Ali Adam (@adamnishanali) June 7, 2023
ޝެއިޚް އިތުރަށް ވިދާޅުވީ މިފަދަ ހުރިހައިކަމެއް ނުފެންނަ ކަމަށް ހަދާފައި، ސަރުކާރުން ކުރާ ކަމަކީ ހަރުކަށިފިކުރާ ދެކޮޅަށް ކަމަށްބުނެ އިސްލާމްދީނުގެ އަޞްލުތަކާއި ޙުކުމްތައްވެސް އޮޅޭގޮތަށް އެކިއެކި ޕްރޮގްރާމްތައް ހިންގުން ކަމަށެވެ.
ފާހަގަކޮށްލެވޭގޮތުގައި ހިނގަމުންމިދާ ރައީސް އިބްރާހިމްގެ ސަރުކާރުގެ 5 އަހަރުގެ ތެރޭގައި އިސްލާމް ދީނަށް ފުރައްސާރަ ކުރާމީހުންނާއި، އެއްޖިންސުން ގުޅުން ހިންގުމާއި، ޖިންސު ބަދަލުކޮށްގެން އުޅޭ މީހުން އިތުރުވުމާއި، މިފަދަ އެތައް ފާހިޝް ޢަމަލުތަކާއި މުންކަރާތްތައް ވަނީ އާންމުވެފައެވެ. އެއީ އެމީހުންގެ ޙައްޤުތަކެއްކަމަށްބުނެ ފާޅުކަންބޮޑު ގޮތެއްގައި އެކަމަށް ވަކާލާތު ކުރަމުންދިޔަ ނަމަވެސް މުއައްސަސާތަކުން މާބޮޑު ކަމަކަށް މިކަން ހަދާ މަންޒަރެއް ނުފެނެއެވެ. ގިނަފަހަރު މުޖްތަމަޢުގެ ފާޑުކިޔުން ސަރުކާރަށް އަމާޒު ވުމާއެކު މިފަދަ ޢަމަލުތައް ހިންގާމީހުން ރާއްޖޭން ބޭރަށް ފުރުވާލައެވެ.