ޚަބަރުސިޔާސީ

އަބަދު ރައްޔިތުންނަށް އޮޅުވާލެވިދާނެކަމަށް ރައީސް ސޯލިހުއަށް ހީވުމަކީ ގޯހެއް: ޑރ.ޖަމީލު

ޔޯގާ ހުއްޓުވި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދީނީ ޢިލްމުވެރިންގެ ފޮޓޯތަކެއް ހިއްސާ ކުރައްވަމުން ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު މި ސަރުކާރާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު ޓެގް ކުރައްވާ ކުރެއްވި ޓްވީޓެއްގައި ޑރ. ޖަމީލް ވިދާޅުވީ ރައީސް ސޯލިހުއަށް ހީވަނީ އަބަދު ރައްޔިތުންނަށް އޮޅުވާލެވިދާނެ ކަމަށް ކަމަށާއި އެއީ ބޮޑު ގޯހެއްކަމަށެވެ.

ޖަމީލް ވިދާޅުވީ ބާރުތައް އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި، ވެރިކަމުގެ އާރާއި ބާރުގައި ދިރިއުޅޭ ގަނޑުވަރުތަކާއި،ރައީސް ސޯލިހުގެ ވަށައިގެން ދުއްވާ ސެކިޔުރިޓީ އާރމަޑް ކާރުތައް ގެއްލެން ނަގާނީ މަދު ސިކުންތުކޮޅެއް ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ އަބަދު ރައްޔިތުންނަށް އޮޅުވާލެވިދާނެކަމަށް ރައީސް ސޯލިހު ޤަބޫލުކުރުން އެއީ ރައީސް ސޯލިހު ދަސްކުރަމުންދާ ނުބައި ފިލާވަޅެއްކަމަށެވެ.

 

One Comment

  1. Thikahala dhefuh dhegoyy munaafigun dhahkaa vaahaka mihaaru dhivehin Ahaa hitheh nuvaane Kaley thee hihoo thanuhkaalaigen ulhey meeheh @jameel kobaa Kaley ge ladhu hayyeh ladhu nugahnnakan Adhives anga aruvan

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button