ޚަބަރު

ގިނަ ދިވެހި ފިރިހެނުން ތަކަކާއި އެކު އެއްޖިއްސުން ގުޅުން ހިންގި އަލަމްގިރި ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ދިވެހި ފިރިހެނުން ތަކަކާއިއެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމް ގިރި ހައްޔަރުކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަލަމްގިރި ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ އުޅޭ މާފަންނު ގެސްޓް ހައުސް އަކުންނެވެ.

އެނގިފައިވާގޮތުގައި އޭނާ ހައްޔަރު ކުރީ މިއަދު މެންދުރު 15:00 އެހާކަން ހާއިރެވެ.

އަލަމްގިރި އާއެއްކޮށް ލިވާތު ކުރި މީހުންގެ ތެރޭގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރުވެސް ހިމެނެއެވެ. އޭނާގެ އިތުރުން ޑީއާރުޕީގެ ކުރީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދު ކަމަށް ބެލެވޭ މީހަކުވެސް ކޮޓަރިއަށް ވަދެ އެފަދަ އަމަލެއް ހިންގާފައިވެއެވެ. ކާނަލް އެކަން ދޮގު ކުރާއިރު، އޭނާގެ ވީޑިއޯ ސާފެެއް ނޫނެވެ. އެކަމަކު ނާޒިމް ސައްތާރުކަން ލީކުވި ވީޑިއޯއިން ޔަގީންވެއެވެ.

އަލަމް ގިރި އުޅޭ ކޮޓަރި ތެރެއަށް ފުލުހަކު ވަދެ ލިވާތު ކުރާ ވީޑިއޯއެއް ދައުރުވަމުންދާ މައްސަލައިގައި މިމަހުގެ 7 ވަނަ ދުވަހު ފުލުހުން ބުނީ އެމައްސަލައިގައި ޖިނާއީ ތަހުގީގެއްގެ އިތުރުން އެ ފުލުސް މީހާގެ އަހުލާގީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަމުންދާ ކަމުގައެވެ. އަދި އެ މައްސަލައިގެ ޖިނާއީ ތަހުގީގުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަން ފުލުހުން ފާހަގަކުރިއެވެ.

ފުލުހުން ބުނިގޮތުގައި އެ ފުލުސް މީހާ މިހާރު ހުރީ މުސާރަ ނުލިބޭގޮތަށް ވަޒީފާއިން ސަސްޕެންޑު ކޮށްފައެވެ.

އެނގިފައިވާގޮތުގައި އަލަމް ގިރިއާއެއްކޮށް ލިވާތު ކުރީ ފުލުހުންގެ ޑްރަފް އެންފޯސްމެންޓް ޑިޕާންޓްމެންޓުގައި މަސައްކަތް ކުރާ ސާޖަންޓް އަބްދުއްރަހުމާން ރަފީއު ނަމަކަށް ކިޔާ މީހެކެވެ. އޭނާ އަކީ ސީންތަކުން ހޯދާ މަސްތުވާތަކެތި ގެންގުޅޭ މީހެއް ކަމަށް ފުލުހުންގެ ތެރެއިން އޭނާ ދަންނަ ބައެއް މީހުން ބުނެ އުޅެއެވެ. ލީކުވެފައިވާ ވީޑިއޯގައި މަސްތުވާއެއްޗެއް އަލަމް ގިރިއަށް ދިނުމަށްވެސް އޭނާ މަސައްކަތް ކުރެއެވެ.

2 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button