ޚަބަރުސިޔާސީ

އިރާދަކުރެއްވިއްޔާ އެންމެ ފުރަތަމަ އިލެކްޝަނަށް ވަންނާނީ ރައީސް ޔާމީންގެ ކެނޑިޑެސީ ފޯމް: ޝިޔާމް

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ފުރަތަމަ އިލެކްޝަންސް ކޮމިޝަނަށް ވަންނާނީ އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީންގެ ކެނޑިޑެސީ ފޯމު ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ އޯޝަންވީކްލީ އެމްވީގައި ޖަހާފައިވާ ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ. އެ ޕޯސްޓްގައި ވަނީ މިހަފްތާގެ އޯޝަންވީކްލީ ޝޯ ގެ މަޢުޟޫ އަކީ ”ޔާމީނެއްވެސް ނޫން، ނަޝީދެއްވެސް ނޫން، ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓެއް“ މިފަދައިން ލިޔެފައެވެ.

މިއަށް ރައްދު ދެއްވާ ޝިޔާމް ވިދާޅުވީ ޕީ.ޕީ.އެމް ގެ ކެންޑިޑޭޓް ރައީސް ޔާމީނަކީ އެންމެ ފުރަތަމަ ޕާޓީ އަކުން 2023 އަށް ދެއްކި ރިޔާސީ ކެންޑިޑޭޓް ކަމަށާއި، އަދި އިރާދަކުރެއްވިއްޔާ 23 ޖުލައިގައި އެންމެފުރަތަމަ އިލެކްޝަންސް ކޮމިޝަނަށް ވަންނާނީ އެމަނިކުފާނުގެ ކެންޑިޑެސީ ފޯމް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު އިދިކޮޅު ލީޑަރު ދަނީ 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ރައީސް ޔާމީންއަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނީ އެމަނިކުފާނުގެ މައްޗަށްް އިއްވާފައިވާ ޙުކުމުގެ އިސްތިއުނާފް މައްސަލަ ނިމި ޙުކުމް ބާޠިލް ކުރުމުންނެވެ.

One Comment

  1. ހޮވޭނީ އެންމެ ކުރިން ފޯރމްލާ މީހެއް ހެއްޔެވެ؟ މިދިޔަ އިންތިޚާބުގައިވެސް އެންމެ ކުރިން ފޯރމްލައި ކެންޑިޑޭޓް ނަމްބަރ އެކެއް ވެސް ލިބުނީ ތާމީނަށެވެ. އެހެންވީމާ ތިޔަ އުޅެނީ ޔާމީނު ހޮވުނަ ނުދޭށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button