ޚަބަރު

މިހަފްތާ ތެރޭ ހެއްކާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅަނީ

ހެއްކާ ބެހޭ ބިލު މިހަފަތާ ތެރޭ ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހަންމަދު މަބްރޫކް އަޒީޒް މިިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަަމުން މަބްރޫކް ވިދާޅުވީ މީހާރު އަމަލުކުރަމުން މިދާ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ގާނޫނުލް އުގޫބާތު ފުރިހަމަ ވާނީ ޒަމާނީ ޒަމާނީ ހެއްކާބެހޭ ގާނޫނެއް ވުޖޫދަށް އައިސްގެންކަމަށެވެ. އެހެންކަމުން މިހަފްތާގެ ތެރޭގައި އެ ބިލު މަޖިލީހަށް ފޮނުވާނެ ކަމުގައެވެ.

މީގެ ސަބަބުން ހެކި ހޯދައި ގޮތާއި ހެކި ބޭނުންކުރާގޮތާއި އަދި ބާޑަން އޮފް ޕްރޫފް، ހެކި ބޭނުން ކޮއްގެން ކަމެއް ސާބިތު ކޮއްދޭ ގޮތް ސާފުކޮށް ކަނޑައެޅިގެން ދާނެ ބިލެއް މި ބިލަކީ، މަބުރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވިގޮތުގައި ފުޑް ސޭފްޓީގެ ބިލާއި އިލެކްޓްރޯނިކް ޓްރާންސެކްޝަންގެ ބިލު އެމްޑީޕީގެ ޕީޖީ ގުރޫޕަށް މިހާރު ހުށަހަޅާފައިވާކަމަށެވެ. އެހެންކަމުން މި ދެ ބިލުވެސް ވަރަށް އަވަހަށް މަޖިލީހަށް ހުށަހެޅިގެންދާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button