މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރުން ބަރުލަމާނީ ޕެޓިޝަންގައި ސޮއި ކޮށްފިއެވެ.
އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ތެރެއިން މި ޕެޓިޝަންގައި ސޮއި ކުރި މެމްބަރުންނަކީ :
- ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ،
- މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)،
- ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު،
- އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ)،
- މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން،
- ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު،
- ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް)،
- ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް،
- މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ،
- ވިލިފުށީ ދާއިރާގެ މެންބަރު ހުސައިން އަފީފް،
- ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް،
- މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު
- ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު އެވެ.
މި ޕެޓިޝަނަކީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި އެމްޑީޕީ މެނިފެސްޓޯގައި، ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެނެސް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ވެފައިވާ ވައުދު ފުއްދުމަށް ބާރުއެޅުމަށް ރައީސަށް ދެންނެވުމަށް ތައްޔާރުކުރާ ޕެޓިޝަނެއްކަމުގައި ބަރުލަމާނީ ނިޒާމަށް ތާއީދު ކުރަށްވާ ބޭފުޅުން އަންނަނީ ބުނަމުންނެވެ.