ޚަބަރުކުޅިވަރު

ޗެލްސީން ލަންޑަން ޑާރބީ ކާމިޔާބު ކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އާއި ޗެލްސީ ބައްދަލު ކުރި މެޗް 2-0 ގެ ނަތީޖާ އަކުން ޗެލްސީ ކާމިޔާބުކޮށްފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗްގެ 15 ވަނަ މިނެޓުގައި ޗެލްސީން ވަނީ ލީޑް ނަގާފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ރެކޯޑު ފީއަކަށް ޗެލްސީއާއި މިސީޒަނުގައި ގުޅުނު ރޮމެލޫ ލުކާކޫ އެވެ. ޗެލްސީގެ ލީޑު 35 ވަނަ މިނެޓުގައި ފުޅާކޮށްދިނީ ރައިޓް ބެކް ރީސް ޖޭމްސް އެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޗެލްސީން ނިންމާލިއިރު ދެވަނަ ހާފްގައި ޗެލްސީ އަށް ވަނީ ލީޑު ފުޅާކޮށްލަން ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. އެގޮތުން ލުކާކޫ އާއި ހަވެޓްޒް ފޮނުވާލި ހަމަލާތައް ދިފާއުކުރީ އާސެނަލްގެ ގޯލްކީޕަރު ލެނޯ އެވެ.

މިމެޗުގައި ދެޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ޕްރިމިއާ ލީގުގައި އަންނަ ހަފްތާގައި ޗެލްސީ ނިކުންނާނީ ލިވަޕޫލްއާ ދެކޮޅަށެވެ. އަދި އާސެނަލް ބައްދަލުކުރާނީ މެންޗެސްޓަރ ސިޓީއާއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button