ޚަބަރު

ޗައިނާއަށް ޓާގެޓް ކުރުން ހުއްޓާލުމަށް ނަޝީދަށް އަންގައިފި!

ޗައިނާގެ ސަލާމަތަށް އުނިކަން އަންނަ ބީދައިން ވާހަކަފުޅު ދެއްކެވުން ހުއްޓަވައިލެއްވުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއިން އިލްތިމާސް ކޮށްފިއެވެ.

ޗައިނާ އެމްބަސީއިން ނަޝީދަށް ރައްދު ދީފައިވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ކުރެއްވި ޓުވީޓަކާއި ގުޅިގެންނެވެ. ނަޝީދު ވިދާޅުވިގޮތުގައި ދެކުނު ޗައިނާ ކަނޑުގައި އޮންނަ ސްޕްރެޓްލީ އައިލެންޑް  ރަށް ކައިރިން އިނގެރޭސި ވިލާތުގެ ހަނގުރާމަ މަތީ މަނަވަރުތަކެއް ވަނުމުން އެމަނިކުފާނު ނުހަނު އުފާފުޅު ވެއެވެ. އެމަނިކުފާނުގެ ޓުވީޓުގައި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަަޅުއްވާފައި ހުންނަވާ ސަފީރު ކެރަން ރޮސްލާ ޓެގް ކުރައްވާފައި ވެއެވެ.

ނަޝީދުގެ ޓުވީޓަށް ރައްދު ދިނުމުގެ ގޮތުން ޗައިނާ އެމްބަސީއިން ކުރި ޓުވީޓުގައި ބުނެފައިވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ޗައިނާ ވަށައިގެން އޮތް ފެނުގެ ސަރަހައްދުން އެހެނިހެން ގައުމުތަކަަށް ނިސްބަތްވާ ކަނޑު އުޅަނޑުފަހަރާއި ވައިގެ އުޅަނދުތައް ދަތުރު ކުރުމަށް އަބަދުވެސް އިހުތިރާމް ކުރާ ކަމަށެވެ. އެކަމަކު ޗައިނާގެ ހަމަޖެހުމަށް ބުރޫ އަރާގޮތަށް ނަޝީދު ދައްކަވާ ވާހަކަފުޅުތަކަށް ކަންބޮޑުވާ ކަމަށް އެމްބަސީއިން ބުންޏެވެ.

https://twitter.com/ChinaEmbassyMV/status/1420242877716656132

ރައީސް ނަޝީދަކީ އަބަދުވެސް ޗައިނާގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަދެވަޑައިގަތުމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ ޗައިނާ އާއި ގުޅުވައި ބައެއް އިތުރުފުޅުތައްވެސް މީގެ ކުރިން ހައްދަވާފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ރާއްޖޭގެ 16 ރަށެއް ޗައިނާއަށް ވިއްކާފައިވާ ކަމަށް ވިދާޅުވެ ހެއްދެވި އިތުރުފުޅު ފާހަގަކޮށްލެވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button