ޚަބަރުސިޔާސީ

”ޗައިނާ އައުޓް“ ޓްރެންޑަކަށް ނުވި

ނިމިދިޔަ ހުކުރު ދުވަހު ”ޗައިނާ އައުޓް“ ގެ ނަމުގައި މަދު ބަޔަކު ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ ކުރިމަތީގައި ކުރި މުޒާހަރާއަށް ސަމާލުކަމެއް އާންމުން ނުދިނެވެ.

މި މުޒާހަރާ ކުރިއަށް ގެންގޮސްފައިވަނީ މުސްލިމުންނާ ދެކޮޅަށް ޗައިނާ ސަރުކާރުން ހިންގާ ޖަރީމާތައް ކުށްވެރިކޮށް، ޗައިނާގެ ނުފޫޒު ރާއްޖޭގައި ހުއްޓުވަންޖެހޭ ކަމަށް ބުނެއެވެ.

އެހެންނަމަވެސް މި މުޒާހަރާގައި މުސްލިމުންނަށް ކުރާ އަނިޔާތަކުގެ ވާހަކައިގެ އިތުރުން ޗައިނާ އަކީ ލޯނު ދަންތުރައެއްކަމުގައި ވެސް މުޒާހަރާގެ ބައިވެރިން ވަކި ހިސާބަކުން ވަނީ ގޮވަން ފަށައިފައެވެ.

މި މުޒާހަރާ އަކީ މުސްލިމުންނަށް ކުރާ އަނިޔާގެ ނަމުގައި ކުރިއަށް ގެންދިޔަ މުޒާހަރާ އެއް ކަމުގައި ވީނަމަވެސް މި މުޒާހަރާ އަކީ ރާއްޖޭގައި މިހާރު ”ޓްރެންޑަކަށް“ ވެފައިވާ ”އިންޑިއާ އައުޓް“ އާއި ވާދަޔަށް ސިޔާސީ ބޭނުމުގައި ރޭވިގެން ކުރިއަށް ގެންދާ މުޒާހަރާއެއް ކަމުގައިވެސް މައުލޫމާތު ލިބެއެވެ.

ޗައިނާގެ ނުފޫޒު ރާއްޖޭގައި ހުއްޓުވަންޖެހޭ ކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލައިފައެވެ. އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ ހަފުތާގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް ފޯނުން ގުޅުއްވައި ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރުމަށް މަޝްވަރާ ކުރައްވާފަ އެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button