ޚަބަރުސިޔާސީ

މޭ 6 ގެ ތަހުގީގަކީ ފުލުހުން މިހާތަނަށް ހިންގާފައިވާ އެންމެ ކާމިޔާބު އެއް ތަހުގީގު: އިމްރާން

މިއަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާ އާއި ގުޅިގެން ހިންގި ތަހުގީގަކީ މިހާތަނަށް ފުލުހުން ހިންގި އެންމެ ކާމިޔާބު އެއް ތަހުގީގު ކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން ކުރެއްވި ޓްވީޓުގައި ވަނީ މި ތަހުގީގަކީ ފުލުހުން ހިންގި އެންމެ ބޮޑު އަދި އެންމެ ބުރަ އެއް ތަހުގީގުކަން ފާހަގަކުރައްވާފައެވެ. އަދި މި ތަހުގީގު ހިންގި އިރު ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވި ނަމަވެސް ސަތޭކަ ފުލުހުން ބައިވެރިވެފައިވާތީ އެކަން ބަލައިގަންނަ ކަމުގައިވެސް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މި ހަމަލާ އަކީ ރާއްޖޭގައި މިހާތަނަށް ދެވުނު ޓެރެރިޒަމްގެ އެންމެ ނުރައްކާތެރި ހަމަލާ ކަމުގައެވެ.

އިމްރާން އިތުރަށް ވިދާޅުވީ ފުލުހުންގެ ތަހުގީގުގެ މައްޗަށް ބިނާކޮށް ކާމިޔާބު ކަމާއިއެކު މި މައްސަލަ ޕްރޮސެކިއުޓް ކުރުމަށްކުރަންޖެހޭ ހުރިހާ ކަމެއް ޕްރޮސެކިއުޓާ ޖެނެރަލް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button